Raees varah loabiva vafaatheri naibu raees akah vaanan: Dr shaheem
image
ރައީސް ވަރަށް ލޯބިވާ ވަފާތެރި ނައިބު ރައީސްއަކަށް ވާނަން: ޑރ ޝަހީމް
6 ކޮމެންޓް
 

ރައީސް ވަރަށް ލޯބިވާ ވަފާތެރި ނައިބު ރައީސްއަކަށް ވާނަން: ޑރ ޝަހީމް

ރައީސް އަބްދުﷲ ޔާމީން ވަރަށް ވަރަށް ލޯބިވާ ވަފާތެރި ނައިބު ރައީސްއަކަށް ވެވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީންގެ ރިޔާސީ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ބުރިޖް ސަޅި މި ނަމުގައި މިހާރު ކާނިވާ ސަރަހައްދުގައި ގާތްގަނޑަކަށް 2500 މީހުންނާއި އެކު ޕީޕީއެމުން ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ މި އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވައިފިނަމަ ރައީސް ޔާމީން ވަރަށް ލޯބިވާ ނައިބު ރައީސް އަކަށް ވެވަޑައިގަންނަވާނެ ކަމުގައެވެ. އަދި ރައީސް ޔާމީނަށް ވަފާތެރިވާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އަލުން ރާއްޖެ އެއްބައިވަންތަ ކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ވޯޓް ދީފިނަމަ އެ ގަބޫލުކުރެވެނީ އަރާރުމާއި ތަޅާފޮޅުންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ ދީނާއި ކުރިއެރުމަށް ދެއްވާ ވޯޓްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީން މިހާތަނަށް ދީނާއި ދެކޮޅަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށާއި އެހެންކަމުން ރަނިންމޭޓްކަންވެސް ގަބޫލުކުރެއްވީ ދީން ހިމާޔަތް ކުރެއްވުމަށް ކަމުގައެވެ.

މީގެ އިތުރުން ދެތިން ދީނީ ޢިލްމުވެރިޔަކު ފިޔަވައި ދެން ތިއްބެވި ހުރިހާ ދީނީ އިލްމުވެރިންވެސް ތިއްބެވީ ޕީޕީއެއްއާއި އެކުގައިކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ޕީޕީއެމް
ހިޔާލު

ސައިޒް

މަޖުބޫރު ކޮށްގެންވެސް 1500މީހުން ހަމަނުވި. ސައިޒުއެގިއްޖެ.ވަރަށްސަލާމް

ާއަލީ

މީ ނަގެ ސިކުޑި ހަމަޖެހޭ ތޯ؟ ވެރިކަން ލިބުނީމަ ބަލަން ޖެހޭނީ ﷲ އާއި އެކަލާގެ ރަސޫލާ (ސއވ ) ލޯބި ލިބޭތޯ ނޫންތޯ އެވެ. މީ އަޅެ ދީނީ ޢިލްމު ވެރިޔެއްތޯ

ލަދު

ނައިބު ރައީސުކަން ނުލިބެއްޖެއްޔާ ވަފާތެރިޔެއްގެ ގޮތުގައި ނުހުރެވޭނެތޯ ؟ ޢަހަރުމެން އެއްޗެއް ލިބުނަސް ނުލިބުނަސް މިތިބެނީ ވަފާތެރި ތެދުވެރިންގެ ގޮތުގައި !

ނާއިނު

ބަލަ ވައްކަމާ ފޭރުމާ ބޮޑާކަމާ ކިބުރުވެރިކަމާއި އަނިޔާވެރިކަމުގެ ތުހުމަތު ރައްޔިތުންގެ ގިނަބަޔަކު އެމީހަކަށް ކުރަމުންދާމީހަކު ދެކެ ދީނީ ޢިލްމުވެރިއަކު ލޯބިން މަރުވާންޖެހޭ އޮންނާނީ އެންމެސަބަބެއް، އެއީ އަމިއްލައެދުމާއި މަޤާމުގެ ދަހިވެތިކަން، އަދި ޝަހީމަކީ ޔާމީނަށް ވަފާތެރި ޔާމީނުދެކެ ވަރަށް ލޯބިވާމީހެއްކަން ރަނިންމޭޓުކަމަށް ހަމަޖެއްސިތާ 24 ގަޑިއިރު ނުވަނީސް ސާބިތުކޮށްދީފައިވާކަން އެންމެންނަށްވެސް އެނގޭ، އަދި ލޯބިހޯދުމަށްޓަކާ ކުރި އެންމެ ކަމަކުންވެސް އެކަން ސާބިތުވޭ، އެއީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމު ދޫކޮށްލާފަ ކެމްޕޭނު ފައްޓަވާނެކަމަށް ވިދާޅުވުމަށްފަހު އެމަޤާމުގައި ހުރެގެން ސިޔާސީކަންކަން ކުރުމަކީ ޤަނޫނުގައި މަނާކަމެއްކަން އެނގިހުރެ ރައީސްޔާމީނު ވިދާޅުވެގެން އެމަޤަމުން އިސްތިއުފާނުދެއްވާ އެމަޤަމުގައިހުރެގެން ސިޔާސީޙަރަކާތްތައް ހިންގާ ހެދުން، ކިހާބޮޑު ޖަރީމާއެއްތޯ ތިއަ ހިންގަވަނީ، އަދި ކިހާ ހުތުރު ނަމޫނާއެއްތޯ ރައްޔިތުންނަށް ތިއަ ދައްކަވަނީ، ދެންވެސް ﷲއަށް ބިރުވެތިވެ، ޤާނޫނީ އިމުގެތެރެއަށް ވަންވާބައްލަވާ

ސައްޕޭ

އެއިރުން އަދީބަށްވުރެއް ގިނައިން ވައްކަން ކުރަންޖެހޭނެ، ހުރިހާއެތިކޮޅު އަތްދަށުވީމާ ހުރާލާނެ.....

ބޯ

ބޯ ހަމަ ސަކަރާތީއޭ މަބުނާނީ