Siyaasee Harakaai Thakugai Bidheyseen Baiveri Vaanama Fiyavalhu Alhaanan: Immigration
image
ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން--
1 ކޮމެންޓް
 

ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

މަސައްކަތު ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ބިދޭސީން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވިސާ ދޫކުރުމުގެ ޝަރުތު ތަކާއި ހިލާފުވުން ކަމަށާއި، އެފަދަ ހަރާކާތްތަކުގައި ބައިވެރި ވެއްޖެ ކަމަށް ވާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

އޭގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ވިސްނާ ބިދޭސީންގެ ވިސާ ކެންސަލް ކޮށް، ރާއްޖެއިން ފުރުވާލާނެ ކަމުގެ އިންޒާރު ވެސް އިމިގްރޭސަނުންވަނީ ދީފައެވެ.

ހަމަ އެގޮތުން ބިދޭސީ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރާނަމަ ވަޒީފާ ދިން ފަރާތާ މެދު ވެސް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ،

ހިޔާލު

ހަމް ތުމް

ތަންކޮޅެއް އަވަސް… ފިޔާތޮށި ކުލާގެ ދިދަތައް ދަމަން އުޅުނު އެޗް ޑީ ސީ ބިދޭސީން ތިޔަކު ނުހިމެނޭ ދޯ...