Kate Spade Ge Fashion Show Gai Priyanka Ge Fenilun Kamudheytha?
image
ޕްރިޔަންކާ ޗޯޕްރާ--
0 ކޮމެންޓް
 

ކޭޓް ސްޕޭޑްގެ ފެޝަން ޝޯގައި ޕްރިޔަންކާގެ ފެނިލުން ކަމުދޭތަ؟

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަނީ އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކޭޓް ސްޕޭޑްގެ ފެޝަން ޝޯގައި ބައިވެރިވެފައެވެ. muni
ރެޓްރޯ ސްޓައިލްއެއްގައި ޕްރިޔަންކާ ފެނިގެންދިޔައިރު ގިނަ ބަޔަކަށް ވަނީ ޕްރިޔަންކާގެ އެސްޓައިލް ވަރަށް ބޮޑަށް ކަމުގޮސްފައެވެ. އެގޮތުން ޕްރިޔަންކާ އެފެޝަން ޝޯގައި ފެނިފައިވަނީ "ޓާޓަލްނެކް" މަޑު ނޫކުލައިގެ ހެދުމެއްގައެވެ. އެހެދުމުގައި ބެލްޓެއްވެސް އިންނައިރު ޕްރިޔަންކާގެ އެފެނިލުމަކީ ސްޓައިލިސްޓް މިމީ ކަޓާރެލް އަދި ކާރާ ވިލްސަންގެ ސްޓައިލެކެވެ.

ޕްރިޔަންކާ ޗޯޕްރާ--

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އެ ފެޝަން ޝޯގައި ބައިވެރިވެފައިވަނީ އޭނާގެ މަންމަ އާއެކުއެވެ. އެފެޝަން ޝޯގައި ޕްރިޔަންކާގެ އިތުރުން އެމެރިކާގެ އެކްޓްރެސް އަދި މޮޑެލުންކަމަށްވާ ކޭޓް ބޮސްވޯތް އާއި އެލިޒަބަތް އޮސްލެމްގެ އިތުރުން ގިލިއަން ޖަކޮބްސް ވަނީ ފެނިފައެވެ.

-ފެޝަން ޝޯގެ ތެރެއިން---

-ފެޝަން ޝޯގެ ތެރެއިން---

-ފެޝަން ޝޯގެ ތެރެއިން---

މިދިޔަ ޖޫން މަހުގެ ތެރޭގައި ކޭޓް އޭނާ ދިރިއުޅެމުން އަންނަ ގޭގައި މަރުވެފައި އޮތްވާ ފެނިފައިވާއިރު މިއީ އޭނާގެ މަރަށްފަހު އޭނާގެ ފެޝަން ލައިން އިން ބޭއްވި އެންމެ ބޮޑު އެއް ހުށަހެޅުމެވެ.
ހިޔާލު