Kureege Housing Minister Umar Zahirge Thaidhuves Ibu ah
image
5 ކޮމެންޓް
 

ކުރީގެ ހޯމް މިނިސްޓަރު އުމަރު ޒާހިރުގެ ތާއީދު ވެސް އިބޫއަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކެބިނެޓުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވެސް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފިއެވެ.
އުމަރު ޒާހިރު ވަނީ މީގެ ކުދަ އިރުކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކުން ކާނިވަލުގައި ބާއްވާ ބޮޑު ޖަލްސާއަށް ވަޑައިގެންފައެވެ.

އުމަރު ޒާހިރު ޖަލްސާއަށް ވަޑައިގެންނެވުމުން ޖަލްސާގައި ތިބި އެތައް ބަޔަކު ވަނީ އުމަރު ޒާހިރަށް ހޫނު ތަރުހީބެއް އަރުވާފައެވެ.

އުމަރު ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫން ްއަބްދުލް ގައްޔޫމުގެ ސަރުކާރުގައި އިސް މަގާމުތައް އަދާ ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް މިހާރުވަނީ ވަޑައިގެންފައެވެ.
ހިޔާލު

ނިހާން

ޑޯޓުޑޯ ޖެއްސި ދުވަހުގެ ފޮޓޯ ފެނުނު ދުވަހު ނިހާންބުނި ވާހަކަ ދިމަލެއް ނުވި...އެއްމެން މިއޮއްބޮޑުފަޅިއައް އަރަނީ..މަނިކުފާން ކައިރީތިބި އެއްމެން ދަނީ.. މަންޒަރު ބަދަލުވެއްޖެ ..އިބޫ މޮޅުވެއްޖެ

ކާލި

އެކުވެރިންނަށް ވަފާތެރި ތެދުވެރި ސިޔާސީ ބޭފުޅެއް !

މެޑަމް އައިޝާ

ހުރިހާރަށެއްގެ މީހުން

ެއެހެން

ހޯމު ތޯ ހައުސިންތޯ

ސައިނީ

ތީމައުމޫންގެ އެހީގައި ރިސޯޓް ދިން ގްރޫޕްއެއްނު އަޅާނުލާ