Raiyyithunnah Bridge Ok, Ok Noonee Vahkan: Raees Nasheed
image
ރައީސް ނަޝީދު-- ފައިލް ފޮޓޯ
4 ކޮމެންޓް
 

ރައްޔިތުންނަށް ބްރިޖު އޯކޭ، އޯކޭ ނުވަނީ ވައްކަން: ރައީސް ނަޝީދު

ރާއްޖޭގެ ރައްޔިތުންނަށް ބްރިޖު އޯކޭ ކަމަށާއި، އޯކޭ ނުވަނީ ވައްކަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ބްރިޖު އޯކޭ ކަމަށާއި އޯކޭ ނުވަނީ ވައްކަންތައްކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނާއި ޒަކާތު ފައިސާ އާދި ރޯދައަށް ލިބޭ ކަދުރުކޮޅުން ނާޖާއިޒު ފާއިދާތައް ނަގާނަމަ އެކަން ވެސް ރައްޔިތުންނަށް އޯކޭ ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ތެލުގެ ވައްކަމާއި ކަޅުފައިސާއިން ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ހިންގާ ޖަރީމާތައް ރައްޔިތުންނަށް އޯކޭ ނޫންކަމަށެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރާއްޖެ ވަކިވެ ބައިވާން ރައްޔިތުން ބޭނުންނުވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ ލާމެހިފައިވާ ދުނިޔެއެއްގައިކަން ރައްޔިތުންނަށް އެނގޭކަމަށާއި ދިވެހިންގެ ކުރިއެރުން އޮތީ ދުނިޔޭގެ އާއިލާތަކާއެކު މަސައްކަތް ކުރުމުންކަމަށެވެ.
ހިޔާލު

ފިކުރު

ވައްކަން ކުރަނީ މިމީހުންނަށް ދައްކައިގެންހެން ހީވަނީ. މިމީހުންނަށް ޣައިބުގަ ހިނގާ ކަންކަން ހަމަ އެނގެނީބާ؟

އިއްބެ

ވަރަށް އަމާންކޮށް ފަސްއަހަރު ދިވެހިން އުޅެފިއެވެ. ނިމުނު ފަސްއަހަރު ހީވީ ތޫފާނެއްގެ ތެރެއިން ނުކުމެވިގެން އުޅެވުނުހެންނެވެ. ކަލޯ ނަޝީދުއެވެ. ދެން އަނެއްކާވެސް ދިވެހިން ތޫފާނެއްގެ ތެރެއަށް އޮޔައި ދޫކޮށްލަން ނުވިސްނާށެވެ.

ފަޒާދުބެ

ގާނޫނުން ގައުމުގެ ރައީސް އަށް ލާޒިމް ކުރާ އަސާސީ ހައްގުތައް ފެނާ ނަރުދަމާ ބަނދަރު އަދި ބިންހިއްކުން ފަދަ ކަންކަން އެއީ...ނަމަވެސް މިހާރު މިފެންނަނީ އަސާސީ ހައްގުތައްވެސް ސިޔާސީ ވައުދައް ހަދާގެން ކެންޕޭނު ކުރާތަން ... މިފަދަ އަސާސީ ކަންކަން ފުރިހަމަ ނުވާ ބައިވަރު ރަށްތައް ރާއްޖޭގައި އޮތް އިރު ދައުލަތް ދަރުވާލާވަރުގެ ބުރިޖެއް މިގައުމަކަށް ބޭނުމެއް ނޫން. އަދި މި ބުރިޖުގެ ނިވަލުގައި އަޑިނޭނގޭ ކޮރަޕްޝަން ހިމެނޭ

އަޙުމަދު

ރައްޔިތުންގެ ފައިސާއިން އަޅާފައިވާ ބުރިޖަކަށް ސިނަމާލެ ބުރިޖޭ ކިޔަންވީ ސަބަބެއް ނެތެވެ. ޗައިނާއަށް ބުރިޖު ނިސްބަތްކުރެވެންވާނީ ހިލޭ ބުރިޖު އަޅައިދިން ނަމަ، ހިލޭ އެހީދިނުމުގެ ޝަރުޠަކަށް ޗައިނާގެ ނަން އޮތުން ވާނަމައެވެ. ނަމަވެސް، މިކަން އޮތީ މިހެން ކަން ސަރުކާރުން ހާމަކޮށްފައި ނުވާ ހިނދު ދިވެހިންގެ ބުރިޖެއް ޗައިނާއަށް ނިސްބަތްކުރުން ވެސް ރައްޔިތުންނަށް އޯކޭއެއް ނޫނެވެ.