Malegai 2 Vana Jalsaa eh Baavvan Huhdha Dheyn Nukereyne: Ali Zahir
image
އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން---
7 ކޮމެންޓް
 

މާލޭގައި ދެވަނަ ޖަލްސާއެއް ބާއްވަން ހުއްދަ ދޭން ނުކެރޭނެ: އަލީ ޒާހިރު

ވެރިކަން ކުރާ މާލޭގައި އިދިކޮޅު ފަރާތްތަކަށް ދެން އިތުރު ޖަލްސާއެއް ބާއްވަން ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. Dhiraagu
އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވާ އަލީ ޒާހިރު ވިދާޅުވީ ޖަލްސާތައް ބާއްވަން ކުރިން ވެސް ސަރުކާރުން ހުއްދަ ނުދެނީ އެހެން ވެގެން ކަމަށެވެ. އިދިކޮޅު ރޭ ބޭއްވި ޖަލްސާއަށް އެތައް ބަޔަކު ހާޒިރުވެފައިވެއެވެ.

އަލީ ޒާހިރު ވިދާޅުވީ ދެން އިތުރަށް ރައީސް އަބްދުﷲ ޔާމީންގެ އަސްލު ފޮރުވެން ނެތް ކަމަށާއި، ހުރިހާ އުމުރެއްގެ މީހުން ވަކި ޖިންސެއް ބެލުމެއް ނެތި ދައްކާ ބިރު ފަހަނަޅާ ނުކުންނަމުންދާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އެތައް ބަޔަކު ބައިވެރިވެފައިވާ އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބައެއް ބޭފުޅުން ވަނީ ފުރަތަމަ ފަހަރަށް އިދިކޮޅު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްްމަދު ސޯލިހު(އިބޫ)އަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.
ހިޔާލު

ާާޢާއިޝާ

މި އަދި ހާދަ ފުއްޕާފަ އުޅޭ މީހެކޭ މަޖްލިސްއިން ގޮނޑިއެއްވެސް ލިބުނީ އެހެން ބައެއްގެ އެހީގަ ތިޔަހެން ފުއްޕާފަ އުޅުނަސް މިނިސްޓަރ ކަމެއް ނުދޭނެ މަހިތުން ތިބާމެންގެ ސަޕޯޓަރުންނެއް ނޫން އެތަނުން ފެނުނީކީވެސް 3000 ހަމަނުވާ ޕާޓީއެއް ދެން ކޮން ފުއްޕުމެއް މިފުއްޕަނީ

ޙަބީބު

އަސްލުވެސް ދެންނުކެރޭނެ ރޭގަ ވަރައް ހިތައްތަދުވެއްޖެ ގާނޫނު ކުރިމައްޗައް ގެންނަ ދުވަސްޖެހޭތީ އެމީހާޔައް ހާސްދުވަސް ރައްޔިތުންނައް ވޯޓުލާދުވަސް ރައްޔިތުން ތިބީ ސަމާސާ ކުރާގޮތަކައްނޫން ރައްޔިތުން ތިބީ އަދުލުވެރި ފަނޑިޔާރު ގެޔެއްލިބި މަރާލެވޭ މީހުންގެ އާއިލާތަކާއެކު މިކަމުން ގައުމު ސަލާމަތްކުރަން

ބަޖޭ

އަޖޭ...... އެކަމެއް ނޭނގުނެއްނު. ކައްޕި މީހާ އެބުނަނީ ތުއްތޮން ވެސް ޖަލަށްލީ ކަންނި ބުނެގެންނޯ. ދެން އެންމެންގެ ވެސް ޕޕޓ ކީ ތޯއްޗެ.

މިރުސް

ދިހަޖަލްސާ ބާއްވާނެ ހުއްދަދޭންވެސް މިސަރުކާރަށް ކެރޭނެ ރާއްޖޭގެ ހުރިހާރަށަކުން މީހުންގެނެސްގެން ވީވަރަކީތިއީ

އަޙުމަދު

ޔާމީނަކީ ޕަޕެޓެއް ނޫން ނަމަ ކައިރީގައި އުޅޭ ކުދިންކޮޅަކީ ޕަޕެޓުންނަށް ވާނީ.

މޫސަ

އަނިޔާ ވެރިން ބިރުގަންނާނެ އެހެން މީހުން ދެކެ، އެކަމަކު ހުންނާނީ މާގަޓު މީހަކަށް ހެދިގެން

އަޖޭ

ކަލޭ ބުނަހާކަމެއް ކުރާނެ ޕަޕެޓެއްތަ ޔާމީނު އެއީ.