Tablet Dhee nimeyne baa?
image
ސްކޫލެއްގެ ދަރިވަރުންނަށް ބަހަން ހުރި ޓެބްލެޓްތަކެއް: ޓެބްލެޓާ ބެހޭގޮތުން ސަރުކާރުން ދެއްކި ވާހަކަތައް ދިމައެއްނުވޭ--
3 ކޮމެންޓް
އާއިޝަތު ހުސައިން
 

ޓެބްލެޓް ދީ ނިމޭނެބާ؟

ސްކޫލްތަކުގެ ޓީޗަރުންނާ ކިޔަވާ ދަރިވަރުންނަށް ޓެބްލެޓް ދޭ ވާހަކައަކީ އާ ވާހަކައަކަށް ހަމަޔަގީނުންވެސް ދިވެހިންނަކަށް ނުވާނެއެވެ. ހަފްތާއަކު އެއްފަހަރު ކޮންމެވެސް ނިއުސް ޗެނެލަކުން ނުވަތަ އޮންލައިން ނޫހަކުން އަޑު އިވެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ދަރިވަރުންނާ ކިޔަވައިދެމުންދާ މުދައްރިސުންނަށް ޓެބްލެޓް ދޭ ވާހަކައެވެ. މިވެނި ދުވަހެއްގެ ކުރިން ދީ ނިމޭނެ ވާހަކައެވެ. ދީ ނިމުނު ވާހަކައެވެ. dhi2
މި ދިޔަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ދަނގެތީގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮވަކެއް ބޭނުމެއް ނުވާ ކަމަށާއި މި ސަރުކާރުން ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދީފައިވާ ކަމަށެވެ." މިއީ ގަސްތުގައި ހެއްދެވި އިތުރުފުޅެއްބާވައެވެ. ނުވަތަ މައުލޫމާތުގެ ކޮށިކަމުން އެރި އޮޅުމެއް ބާވައެވެ. މި ޓެބްލެޓެއް ހަމަގައިމުވެސް ހުރިހާ ދަރިވަރުންގެ އަތަކުން ފެންނާކަށް ނެތެވެ. ޓެބްލެޓް ބޭނުންކޮށްގެން ހުރިހާ ސްކޫލެއްގައި ކިޔަވައިދޭތަނެއް ނުފެނެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ހުރިހާ ސްކޫލްތަކަކަށް ޓެބްލެޓް ފޯރުކޮށްދޭނެކަމަށެވެ. ފަހަރެއްގައި ހުރިހާ ސްކޫލެއްގެ މާނައަކީ ދަރިވަރުންނާ ޓީޗަރުންކަމަށް ނުވެދާނެ ކަންނޭންގެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމު ވިދާޅުވީ "މޭމަހުގެ 7 ވަނަ ދުވަހަކީ ރާއްޖޭގެ އެންމެ ކުޑަ ސްކޫލަށްވެސް ވައިފައިގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް ގާއިމުކުރެވި ޓެބްލެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަށާނެ ދުވަސްކަމަށެވެ. އެއީ ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާ ދުވަސް" ކަމަށެވެ. މޭ މަހުގެ ހަތް ވަނަ ދުވަސް އަދިވެސް ނާންނަނީ ކަންނޭންގެއެވެ. ނުވަތަ މިއީ އަންނަ އަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހުގެ ވާހަކަބާވައޭ ހިތައް އަރައެވެ.

ދެން އައި އޭފްރިލް މަހެވެ. އޭޕްރިލް މަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭޕްރިލް މަހުގެ ތެރޭގައި ސްކޫލްތަކަށް ޓެބްލެޓް ފޯރުކޮށްދޭން ފަށާނެ ވާހަކައެވެ. ހަމަ އެދުވަހު މީޑިއާ ވާހަކަ ދައްކަވަމުން ބުނީ ޓެބްލެޓް ބަހާ ނިންމި ކަމުގައިވިޔަސް ޓެބްލެޓުން ކިވަޔައިދޭން ފަށާނީ ދެވަނަ ޓާމް ފެށުމާއެކު ކަމަށެވެ. އަދި މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި މުދައްރިސުން ޓެބްލެޓަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއްވެސް ހިންގާފައިވާ ވާހަކައެވެ. މި ޕްރޮގްރާމްގެ ވާހަކަ އެހެން ފަހަރަކަށް ބާއްވަމާތޯއެވެ. ޕްރޮގްރާމް ހިންގި ގޮތާ ޕްރޮގްރާމުން ނަތީޖާ ހާސިލްވި މިންވަރު ޓީޗަރުންގެ ދުލުން ގެނެވޭނެގޮތަކަށެވެ. ދެން އައީ މެއި މަހެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމު މީޑިއާއަށް މައުލޫމާތު ދެއްވުމްން ވިދާޅުވީ އެ ހަފްތާގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓް ފޯރުކޮށްދީ ނިމޭނެވާހަކައެވެ.

ދެން އައީ ޖޫން މަހެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެއެވެ. ދެވަނަ ޓާމުގެ ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް އަދި ނުލިބެއެވެ. ހަމަ މިހުގެ ތެރޭގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ދެވަނަ ޓާމުގެ ކިޔެވުމަށް ބޭނުންކުރަން ޓެބެލްޓް ފޯރުކޮށްދޭނެކަމަށެވެ. މިކަން ދެމިގެން ދިއުމުން މިކަމާގުޅިގެން ވިދާޅުވެފައިވަނީ ބައެއް ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރަމުން ގެންދާކަމަށެވެ.

ދެން އައީ އޮގަސްޓް މަހެވެ. ޓެބެލްޓް ދޭން ދޭން ހުއްޓާ 8 މަސްދުވަސް ފާއިތުވެއްޖެއެވެ. ދެވަނަ ޓާމް ފެށުނުއިރު ހުރިހާ ސްކޫލެއްގައި ޓެބްލެޓުން ކިޔަވައިދެއްވާނެކަމަށް ވިދާޅުވި ބަސް ނޭންގުމުގެ ތެރެއަށް ގޮސް، އަދި މިވަނީ ޓެބްލެޓް ބަހާވެސް ނުނިމިފައެވެ. ޓްވިޓަ އަދި އެހެނިހެން ސޯޝަލް މީޑިއާތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭތަނާއި އަދި ޓެބްލެޓް ބަހާކަން އިނގޭނެގޮތް އަންގަން ކިތަންމެ ވަރަކަށް އެންގިއަސް، ނެތް އެއްޗެއް، ބޭނުންނުކުރެވޭ އެއްޗެއް ދެއްކޭނެގޮތެއް ނޯންނާނެ ދޯއެވެ.
ހިޔާލު

ަވަކި ފާޓީއަކަށް ތާއީދު ނުކުރާ މީހާ

ވީ އެފް ޕީ އަށް ބުނެލަން އޮތީ، މި ކޮމެންޓް ތިހާ ގަޓް ހުރިނަމަ ޖަހާލަބަލާށޭ. އަހަރެން މަސައްކަތް ކުރަނީ ސްކޫލެއްގެ އައި ޓީ އަކަށް. ހަޤީގަތުގަވެސް ޓެބްލެޓް ދޫކުރުން ލަސްވަނީ ސަރުކާރުގެ މައްސަލަ އަކުން ނޫން. އަޅުގަނޑުމެނަށް ޓެބްލެޓް ކޮންފިގަރ ރޭޝަން ކިޔަވަދެމުން، އަދި ރަނގަޅަށް ދަސްވިތޯ ދަނީ އެގްޒާމް ތައް ހަދަމުން، ބޭފުޅާ، ތިބޭފުޅާގެ އަމިއްލަ ދިރުމާ ގުޅިފައިވާ ކަންކަމުގަ ބަދު ބަސް ބުނަމުން ނުގެންދަވާ، އަޅުގަނޑު ސިޔާސީ ގޮތުން އެއްޗެކޭ ބުނަން ބޭނުން ނުވިޔަސް ހައްދުފަހަނަ އަޅާ ދުޔުމުން ބުނެލާނަން. ރައީސް ނަޝީދު ޖީއެސްޓި އަށް އަޅުގަނޑު ތާއީދު، އެކަމަކު އެ އޮންނަ އުސޫލުން ބޭރުން ކުރުމުން، މަސްވެރިން ބާނާ މަހުން ނާއި، ދަނޑުވެރިން ހައްދާ ތަކެއްޗާއި އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނަގަންވެށި، ބޭފުޅާ، ދަތުރު ފަތުރުގެ ނިޒާމަށް އަޅުގަނޑު ތާއީދު، އެކަމަކު ފެށިގޮތުން ދުވަސް ނުފުރާ ވިހޭކުއްޖަކަށް އަޅާ ނުލާވަރަށް އެނިޒާމަށް އަޅާލަން ޖެހުން، ބޭފުޅާ ، ސަރުކާރު ވައްޓާލަން ކުރި ކޮންމެ ކަމަކުން ސަލާމަތް ވުމަށް 6 މަސް ދާނެ، 27 ބޮޑު މުޒާހިރާ، ލޯންޗްގެ ބޮން ގޮއްވުން، 1 ފެބުރުއަރީގެ އަމުރު، މައުމޫނުގެ މުށުގެ ބާރުގަ 1 އަރު ސަރުކާރު އޮންނަށް ޖެހުނު، މިހުރިހާ ކަމެއް އެއްކޮށްލުމުން 2 އަހަރާ 6 މަސް، ބާކީ ޔާމީނަށް 2 އަހަރާ ހަމަސް ، ތިބުނާ ހުރިހާ ކަމެއްކުރަން ފުރުސަތު ދެވުނުތޯ އިދިކޮޅު އެމްޑީޕީ ޔާ ސްވާލު ކޮށްލަބަލަ. ވަރަށް ސާފު ﷲ އިރާދަކުރެއްވިއްޔާ ޓެބްލެޓު އެއީ މުޅި ދުނިޔޭގަވެސް ދިވެހި ރާއްޖެ ވިދާލާ، އަޅުގަނޑުމެންގެ ދަރިންނަށް ލިބިގެން ދާނެ، ބޮޑު ލުއި ފަސޭހައެއް. ހަބަރުތައް ޖައްސަވަމުން ތިޔަ ގެންދަވަނީ ފިތުނަ އުފެއްދުމަށް ކަމަށް ވާނަމަ، އާޚިރު ގަ އެކަމަށް އޮތް އަޡާބަށް ބިރުވެތިވޭ، އަޅުގަނޑުމެން ނުޖެހެ ޖަލުގަ ތިބި ގައުމު ދަވާލި ބަޔަކު ސަލާމަތް ކުރަން މަސައްކަތް ކުރާކަށް، ބޭފުޅާ އެނޫނަސް ދިވެހި ދަރިން ޖަލުގަ އެބަ ތިބި، ކަންކަމާ ހަބަރުތައް ލިޔަމުން ގެންދާއިރު، އަމިއްލަ ނަފްސް ނަރަކައިން މިންޖުކުރުމަށް މަސައްކަތް ކުރައްވާ. ވ ސަލާމް.

އަލިބެ

ސަރުކާރު ކޮންމެ މުވައްޒަފަކަށް ޓެބްލެޓެއް ދޭންފެނޭ. އޭރުން އެ މުވައްޒަފުގެ މަޢުލޫމާތު އިތުރުކޮށް ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިވާނެ.

ޝާކިރު

އަޅެ، ޓެބްލެޓް ކޮބައިތޯ. ފަހަރުގެ ވެދާނެތާ އިލެކްޝަންސް ކަމިޝަނުން ބަައެއް ބޭނުންކުރަނީ ކަމަށް.