Houthinn ge 30 Hanguraamaverin Maraalaifi
image
ހަނގުރާމައިގައި ބޭނުންކުރާ ޓޭންކަރެއް
0 ކޮމެންޓް
 

ހޫތީންގެ 30 ހަނގުރާމަވެރިން މަރާލައިފި

އަރަބި ކޯލިޝަނުން ޔަމަންގެ ސާޑަ އަދި އަލް-ޖަވްފްއަށް ދިން ހަމަލާތަކުގައި ހޫތީންގެ 30 ހަނގުރާމަވެރިން މަރާލައިފިއެވެ.
ހޫތީ ހަނގުރާމަވެރިންނަށް އަމާޒުކޮށް އަރަބި ކޯލިޝަނުން އިއްޔެ ވަނީ ވައިގެ މަގުންނާއި އާޓިލަރީ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ހޫތީންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

އަރަބި ކޯލިޝަނުން އިއްޔެ ދިން ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިންގެ ޖަގަހަތަކަށް ހަމަލާދީފައިވާއިރު ހޫތީ ހަނގުރާމަވެރިންގެ މައްޗަށް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.

ޔަމަންގެ ސިފައިންނާއި އަރަބި ކޯލިޝަނުން ދަނީ ހޫތީންގެ މައްޗަށް ކުރި ހޯދައި، ހަނގުރާމަވެރިންގެ ކިބައިން ޔަމަން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔަމަންގައި ހަރަކާތްތެރިވަމުން އަންނަ ހޫތީ ހަނގުރާމަވެރިން ވަޅުލާފައިވާ މައިންތަކެއް ނަގައި، ބޮޑު ސަރަހައްދެއް މިހާރު ސާފު ކުރެވިފައިވާ ކަމަށް ޔަމަންގެ ކަމާބެހޭ ވުޒާރާތަކުން ވަނީ ބުނެފައެވެ.
ހިޔާލު