Mohamed Manik Mendhuru Namaadhahfahu Valhulaifi
image
އެއްލައިދޫ މަނިކު
0 ކޮމެންޓް
 

މުހައްމަދު މަނިކު މެންދުރު ނަމާދަށްފަހު ވަޅުލައިފި

ވިޔަފާރިވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމުގެ ފިރިކަލުން މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މިއަދު މެންދުރު ނަމާދަށް ފަހު ވަޅުލައިފިއެވެ.
މުހައްމަދު މަނިކުގެ މޫނު ދެއްކުން އޮތީ މިއަދު 10:00 ން ފެށިގެން އިސްލާމީ މަރުކަޒުގައެވެ.

މަނިކު އަވަހާރަވީ ފުރަމޭގެ އާލާސްކަންފުޅެއްގައި އިންޑިއާގައި ފަރުވާ ދެމުން ގެންދަވަނިކޮށް މިމަހުގެ އަށް ވަނަ ދުވަހުއެވެ. މުހައްމަދު މަނިކުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ އެވެ.

މަނިކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ނަމާދު މަރު
ހިޔާލު