Bridge ah dhaandhiya van eh furolhalaa ethah bayakah aniya vejje
image
ބްރިޖަށް ދާންދިޔަ ވޭނެއް ފުރޮޅާލައި އެތައް ބަޔަކަށް އަނިޔާވެއްޖެ
1 ކޮމެންޓް
 

ބްރިޖަށް ދާންދިޔަ ވޭނެއް ފުރޮޅާލައި އެތައް ބަޔަކަށް އަނިޔާވެއްޖެ

ބްރިޖް ހުރަސްކޮށް ހުޅުމާލެއިން މާލެ އައުމަށް ދަތުރު ކުރަމުން ދިޔަ ވޭނެއް ފުރޮޅާލައި އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
މަންޒަރުދުއް ބައެއް މީހުން ބުނީ ވޭން ފުރޮޅާލާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުން ބާރު ސްޕީޑްގައި ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި ވޭން ފުރޮޅާލުމާއި އެކު އޭގެ ބިއްލޫތިރައް ބުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ވޭންގައި ދަތުރުކުރީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ. އެކްސިޑެންޓް ވުމާއި އެކު އެސަރަހައްދުގައި ތިބި މީހުން ވަނީ ވޭންގައި ތިބި މީހުން ވޭނުން ނެރެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.
ހިޔާލު

ޙޫު

ބުރިޖު މައްސަލަ 😂😂😂😂