Bahrain ge Majilis Inthihaab November ga
image
ބަހުރެއިންގެ އިންތިހާބެއްގައި މީހަކު ވޯޓު ލަނީ
0 ކޮމެންޓް
 

ބަހުރެއިންގެ މަޖިލިސް އިންތިހާބު ނޮވެމްބަރުގައި މަހު

ބަހުރެއިންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އެގައުމުގެ އިންތިހާބުތަކާ ބެހޭ އިދާރާއިން ހާމަ ކުރި ގޮތުގައި ބަހުރެއިންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ބަހުރެއިންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނުކޮށްފައި މިވަނީ އެ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރުމަށް އެގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް-ހަލީފާ ހޯމަ ދުވަހު އަމުރު ކުރައްވާފައި ވަނިކޮށެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 8:00 ން ރޭގަނޑު 8:00 އަށެވެ. މައްސަލައެއް ޖެހިގެން އެ ތާރީހަށް އިންތިހާބު ނުބޭއްވިއްޖެ ނަމަ، ދެން އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
ބަހުރެއިން
ހިޔާލު