Midhiya Mahu Raajje ah 4 Billion Ruffiya ge Mudhaa Importkohfi
image
އެމްޕީއެލް ބަނދަރު--ފޮޓޯ ކަސްޓަމްސް
0 ކޮމެންޓް
 

މިދިޔަ މަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ހަތަރު ބިލިއަން ރުފިޔާ މުދާ އިމްޕޯޓްކޮށްފިއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނީ 3.1 ބިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސުން ބުނެއެވެ.

ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޗައިނާއިން އިމްޕޯޓުކޮށްފައިވާއިރު ޔޫއޭއީ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސައްތަ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު ހުސްވި އޮގަސްޓް މަހު 14 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 280 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އޮގަސްޓްމަހު ލިބިފައިވަނީ 245 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާއެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ 20 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، ތައިލެންޑަށް 15 އިންސައްތަ އަދި އިނގިރޭސި ވިލާތަށް 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.
ހިޔާލު