Migarunugai dictatorun nah jaaga eh nei: Ibu
image
އިބޫ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
3 ކޮމެންޓް
 

މި ގަރުނުގައި ޑިކޭޓަރުންނަށް ޖާގައެއް ނެތް: އިބޫ

މިއީ 21 ވަނަ ގަރުނު ކަމަށާއި މި ގަރުނުގައި ގައުމުތަކުގެ ވެރިންގެ ގޮތުގައި ޑިކްޓޭޓަރުންނަށް ޖާގައެއް ނެތްކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެ އެވެ.
ށ ފޯކައިދޫގެ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ޑިކްޓޭޓަރުންނަށް މި ގަރުނުގައި ޖާގަ ނެތްކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފެންނަމުންދާ ކަމުގައެވެ.

ރާއްޖޭގައި ހިނގަމުންދަނީ ހުދުމުހުތާރު ޑިކްޓޭޓަރޝިޕެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ މިވެރިކަމުގައި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ގުޅުން ކަނޑާލައި ދެކޮޅުވެރިކަން ދައްކަމުން ގެންދާ ކަމުގައެވެ.

އަންނަ ރިޔާސީ އިންތިހާބުން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެކަން އެހެން ވިޔަ ދީގެން ނުވާނެ ކަމަށާއި މިމަހުގެ 23 ގައި އޮންނަ އިންތިހާބުގައި ދިވެހިންގެ ހާސްކަން ފިލުވާލައި ދިވެހިންނަށް އަމާންކަން ލިބިގެންދާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ހިޔާލު

ތިޔަހެން ވިދާޅުނުވޭ

އިސްލާމީ ގިނަ ގައުމުތަކުގައި އަދިވެސް ތިބީ ޑިކްޓޭޓާރުން އަދި އެގައުމުތަކުގެ ސަރުކަރުތަކުން ވިސްނައިދެނީ ވެސް ޑިކްޓޭޓާރަކު ހުއްޓަސް އެ މީހަކު ބަދަލުކޮށް ޢަދުލުވެރިއަކަށް ޖާގަދޭން މަސައްކަތްކުރުން ވެސް ހުއްދަވެގެން ނުވާކަމަށް.

މޮހަންމާ

ތިހެންވީރު މިގައުމުން އެމް.ޑީ.ޕީ ގެއެކަކައްވެސްޖާގައެއްލިބިގެންނުވާނެ

މެޑަމް އައިޝާ

ކުރިން މައުމޫނު