2 Vana Dhariaku Hoadhaanee Konirakukan Kareenaa Haamakohfi
image
ކަރީނާއާއި އޭނާގެ ފިރިމީހާ އަދި އެމީހުންގެ ދަރިފުޅު--
0 ކޮމެންޓް
 

ދެވަނަ ދަރިއަކު ހޯދާނީ ކޮންއިރަކުކަން ކަރީނާ ހާމަކޮށްފި

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނުގެ އަންހެނުން ކަރީނާ ކަޕޫރު އެމީހުންގެ ދެވަނަ ދަރިފުޅު ހޯދަން ވިސްނަނީ މީގެ ދެ އަހަރު ފަހުންކަމަށް ބުނެފިއެވެ.
ދެހާސްބާރަ ވަނަ އަހަރު ސައިފް އާއި ކަރީނާ ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް 2016 ވަނަ އަހަރު ވަނީ ފުރަތަމަ ދަރިފުޅު ލިބިފައެވެ. ތައިމޫރު އަލީ ހާނުގެ ނަން ދީފައިވާ އެކުއްޖާއަކީ ބޮލީވުޑުގައި މަސައްކަތް ކުރާ މީހުންގެ ދަރިންތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް "ސްޓާ ކިޑް" އެވެ.

ދާދިފަހުން ކަރީނާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާ އެކުގައި ބައިވެރި އިވެންޓެއްގައި ވަނީ ކަރީނާ ދެވަނަ ދަރިއަކު ހޯދާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ވަނީ މީގެ އަހަރު ފަހުންކަމަށް ބުނެފައެވެ. ކަރީނާގެ އެޖަވާބާއެކު އަމްރިތާ ވަނީ އެކަމަށް ޖޯކުޖަހާއި ދެވަނަ ދަރިއަކު ހޯދުމުގެ ކުރިން ބުނުމަށާއި އޭރުން އޭނާ ގައުމުން ބޭރަށް ދާނެކަމަށް ބުނެފައެވެ.

އުމުރުން 37 އަހަރުގެ ކަރީނާއާ އެފަދަ ސުވާލެއްކޮށްފައި މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ޝާހިދު ކަޕޫރަށް ދާދިފަހުން ދެވަނަ ދަރިއަކު ލިބިފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ސައިފްގެ ފުރަތަމަ ކައިވެންޏަށް އޭނާއަށް ދެ ކުދިން ލިބިފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 25 އަހަރުގެ އަންހެން ކުއްޖެކެވެ.

މިހާރު ވެސް ކަރީނާ އާއި ސައިފްއަށް ލިބިފައިވާ ދަރިފުޅަށް ގިނަ މީޑިއާތަކުން ފާރަލަމުން އަންނައިރު އޭނާ ސްކޫލަށް ދާއިރުން ފެށިގެން ސައިފްގެ ކޮއްކޮ ސޯހާގެ ދަރިފުޅު އިނާޔާއާއެކު ބޭރަށް ދާ ވަގުތުތަކުގައި ގިނަ ބަޔަކު ފޮޓޯ ނެގުމަށް ދެއެވެ. އެގޮތުން ޕަޕަރާޒީންގެ އުނދަގޫ މިހާރު ވެސް ތައިމޫރަށް ފޯރާފައިވާއިރު ޕަޕަރާޒީންގެ އުނދަގޫގެ ސަބަބުން ދަރިންނަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން ވަރަށް އުނދަގޫވާކަމަށް މީގެކުރިން ސައިފް ދިން އިންޓަވިއުއްގައި ވަނީ ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ވީރޭ ޑީ ވެޑިން" ގައި އެންމެ ފަހުން މަސައްކަތްކޮށްފައިވާ ކަރީނާއަށް ދާދިފަހުން ވަނީ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު، ތަހްތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ. އެގޮތުން އެފިލްމުގައި ރަންވީރު ސިންގް އާއި އަނިލް ކަޕޫރު އަދި ޖާންވީ ވެސް ފެނިގެންދާނެއެވެ.ހިޔާލު