Bharat ge Shooting Dhen Othy Abu Dhabi gai
image
ބާރަތުގެ ލަވައެއްގެ މަންޒަރެއް--
0 ކޮމެންޓް
 

ބާރަތުގެ ޝޫޓިން ދެން އޮތީ އަބޫ ދާބީގައި

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ބާރަތުގެ ޝޫޓިން ދެން އޮތީ އަބޫ ދާބީގައެވެ. muni
މިދިޔަ މަހު މޮލްޓާގައި "ބާރަތު"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ނިންމާލާފައިވާއިރު ބާރަތުގެ ޝޫޓިން ދެން ކުރިއަށް ދާނީ އަބޫ ދާބީ ގައި ކަމަށް އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ދެތަރިން ކަމަށްވާ ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ވަރަށް އަވަހަށް އަބޫ ދާބީ އަށް ފުރާނެ ކަމަށްވެސް އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަބޫ ދާބީގައި ކުރިއަށް ގެންދާ ޝޫޓިން ފަށަނީ އަދި ކޮންއިރަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ޝެޑިއުލްގައި ސަލްމާން ހާން އާއި ކެޓްރީނާގެ އިތުރުން ބައިވެރިވަނީ ކޮން ތަރިންނެއް ކަމެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ބަޔަކު އެފިލްމަށް އިންތިޒާރުކުރަމުން ދާއިރު އެފިލްމުގައި ސަލަމާން ހާން އާއި ކެޓްރީނާގެ އިތުރުން ފިލްމުގައި ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގުރޯވާ، އާސިފް، ނޯރާ އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ހިޔާލު