Libya ga Dhin Fidhaee Hamalaage Zinmaa IS inn Ufulaifi
image
ފިދާއީ ހަމަލާގައި ގެއްލުން ލިބުނު ހެޑްކުއާޓަރު
0 ކޮމެންޓް
 

ލީބިޔާގައި ދިން ފިދާއީ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

ލީބިޔާގެ ނޭޝަނަލް އޮއިލް ކޯޕޮރޭޝަން ހެޑްކުއާޓަރަށް ހޯމަ ދުވަހު ދިން ފިދާއީ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފިއެވެ.
އެ ހަމަލާގައި ދެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ މޮނިޓަރިން ގްރޫޕަކުން ވަނީ ހާމަކޮށްފައެވެ.

ލީބިޔާގެ އޮއިލް ކޯޕަރޭޝަންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި މީހުން ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތިން މީހަކު ވަނީ މަރާލާފައެވެ.

ހަމަލާގެ ޒިންމާ އުފުލައި، އައިއެސް އިން ބުނީ ތެލުގެ ވިޔަފާރިން ލިބޭ ފައިސާއަކީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރުމަށް ލީބިޔާގެ ސަރުކާރުން ބޭނުންކުރާ ފައިސާ ކަމަށެވެ.

ލީބިޔާގެ ދައުލަތަށް ލިބޭ އާމްދަނީގެ 95 އިންސައްތައަކީ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނިއެވެ.
އައިއެސް ލީބިޔާ
ހިޔާލު