Muslim Brotherhood aa Gulhivaifaa 1000 Ah vure Gina Assets Freezkohfi
image
މުސްލިމް ބްރަދަހުޑްގެ ބަަޔަކު
0 ކޮމެންޓް
 

މުސްލިމް ބްރަދަހުޑް އާ ގުޅިފައިވާ 1000 އަށްވުރެ ގިނަ އެސެޓް ފްރީޒްކޮށްފި

މިސްރުގެ މުސްލިމް ބްރަދަހުޑް އާއި ގުޅިފައިވާ 1000 އަށްވުރެ ގިނަ ޗެރިޓީ އެސެޓް ފްރީޒްކޮށްފިއެވެ. muni
އެގައުމުގެ ކޯޓަކުން ހާމަކުރި ގޮތުގައި މުސްލިމް ބްރަދަހުޑް އާއި ގުޅިފައިވާ 1133 ފަންޑް ވަނީ ފްރީޒްކޮށްފައެވެ.

އެ ފަންޑްތައް ފްރީޒްކުރީ ޓެރަސްޓުން ނާއި ޓެރަރިސްޓް ގްރޫޕްތަކާއި ގުޅުން ހުރި އެސެޓްސްތައް ފްރީޒް ކުރުމާއި ގުޅޭ ގޮތުން މިއަހަރުގެ ކުރީ ކޮޅު ފާސްކުރި ގާނޫނުގެ ދަށުން ކަމަށް މިސްރުގެ ކޯޓުން ބުނެއެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެއްޓުމާއި ގުޅިގެން މުރްސީ ނިސްބަތްވެވަޑައިވަންނަވާ މުސްލިމް ބްރަދަހުޑް އިން މިސްރުގައި ހަމަނުޖެހުން ވަނީ ހިންގާފައެވެ.

މުސްލިމް ބްރަދަހުޑްގެ 75 މީހަކަށް މިސްރުގެ ކޯޓަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެ ހުކުމް އިއްވާފައިވަނީ މިސްރުގެ ރައީސް ކުރީގެ ރައީސް މުރްސީގެ ސަޕޯޓަރުންނާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު 2013 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ހިޔާލު