Bhabho Dhen Fenigendhaani Lawyereh ge Gothu gai
image
ބާބޯ ދެން ފެނިގެންދާނީ ލޯޔަރެއްގެ ގޮތުގައި--
0 ކޮމެންޓް
 

ބާބޯ ދެން ފެނިގެންދާނީ ލޯޔަރެއްގެ ގޮތުގައި

"ދިޔާ އޯރް ބާތީ ހަމް" އިން ފެނިގެންދިޔަ ބާބޯ (ނީލޫ ވަގޭލާ) ދެން ފެނިގެންދާނީ ލޯޔަރެއްގެ ގޮތުގައެވެ. muni
އިއްޔެ ފެށި ޓީވީ ސީރީޒް ކަމަށްވާ "މެއި މައިކޭ ޗަލީ ޖާންއޫންގީ ތުމް ދޭކްތޭ ރަހިއޯ" ގައި ނީލޫ ލޯޔަރެއްގެ ގޮތުގައި ފެނިގެންދާއިރު އޭނާ އެރޯލަށް ތައްޔާރު ވުމުގެ ގޮތުން ވަނީ ލޯޔަރުންގެ ކައިރިން ވަނީ ގިނަ އެއްޗެހި ދަސްކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެގޮތުން އެމީހުންގެ ބޮޑީ ލޭންގުއޭޖް ހުންނަ ގޮތާއި ވާހަކަ ދައްކާ ގޮތްތައް ވެސް އޭނާ ވަނީ ދަސްކޮށްފައެވެ. އެސީރީޒްގައި ލީޑު ކެރެކްޓަރުންނަކީ ނަމީޝް ތަނޭޖާ އަދި ސްރިޝްޓީ ޖެއިނެވެ. އެގޮތުން ނީލޫ އެ ސީރީޒްގައި އަދާކުރަނީ ސްރިޝްޓީގެ މަންމަގެ ރޯލުންނެވެ.

ސޮނީ އެންޓަޓެއިންމެންޓުން ދައްކާ އެ ސީރީޒްގައި ނީލޫ އަށް ކިޔަނީ ސަތްޔަ ދޭވީއެވެ. އަދި އޭނާ އަކީ ޑިވޯސް ލޯޔަރެކެވެ.




ނީލޫ ވަގޭލާ
ހިޔާލު