Amilla Submarine Cable eh Gane,Internet ge Agu Heyokuranee
image
ރޭގެ ޖަލްސާގައި ރައީސް ޔާމީން--ފޮޓޯ ރައީސް އޮފީސް
4 ކޮމެންޓް
 

އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓްގެ އަގު ހެޔޮ ކުރަނީ

ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން އިންތިޒާމުކޮށްގެން ރޭ ހުޅުމާލޭގައި ބޭއްވި "އެންމެން ހިޔާ ޔަގީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ބައްލަވައިގަތުމަށް އިންވެސްޓް ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިންޓަނެޓްގެ އަގު 30 އިންސައްތަ ހެޔޮވެގެން ދާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ސަބްމެރިން ކޭބަލެއް ގަތުމާއި ގުޅޭ ގޮތުން މިހާރު ވާހަކަ ދައްކާފައިވާ ކަމަށް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވި ޖަލްސާގައި ވާޙަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

ހިޓްލަރުގެ ދޮންކާފަ

ވަހީދުވެސް އިންތިޚާބާދިމާކޮށް ދިވެހިންގެއަމިއްލަ ސެޓެލައިޓެއްއަރުވާދިން އަދި ޔާމީނުކިޔާމީހެއްވެސް އިންތިޚާބަކާދިމާކޮށް ރާއްޖޭގެއެކިދިމަދިމާލުން ބާލިދީޖަހާފަތެޔޮނަގާދޭންވެސްބުނި ..

ސުލްތާން

ޑައިންމޯ އިން ސަބުމެރިންއެއް ގަނެ ކޭބަލް ސްޓޯރުން ކޭބަލެއް ގަނެލާ!

އަހްމަދު

އަހަރެމެން މިއުޅެނީ އިންޓަނެޓް އަގު ބޮޑުވެގެންނެއް ނޫނެވެ. އަގަޔާ އަތާދިމާނުވެގެންނެވެ. މަގުމަތީ އަމާންކަމެއްނެތިގެންނެވެ. ފޭރުމާވައްކަމާ ހެދި ނޫޅެވިގެނެވެ.

ކުޑަ ދޮންބެ

ނިމިގެން ދިޔަ 5 އަހަރު ތެރޭގައި މި ސަރުކާރުން ޢިމާރާތްކުރި ފުލެޓެއް ނެތް ، ޕިންކް ކުދިންކޮޅަށް ބަހާލީ އެމް.ޑީ.ޕީ ވެރިކަމުގައި ޢިމާރާތްކުރި ފުލެޓްތައް.
އެންމެން ހިޔާ ޔަގީނޭ ކިޔާއިރު ލަދުހަޔާތްކޮބާ؟