Hulhumale ah Agu Bodukoh Dhathuru Kura Taxi Thakuge Huddha Baathil Kuran Nimaifi
image
ޓެކްސީތައް ޓްރެފިކްގައި ޖެހިފައި--ފޮޓޯ: މޯލްޑިވްސް ޓައިމްސް--
3 ކޮމެންޓް
 

ހުޅުމާލެއަށް އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަން ނިންމައިފި

މާލެ އިން ހުޅުމާލެ އަށް ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައި އޮތް އަގަށްވުރެ އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލުކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގައި ދަތުރު ކުރުމަށް އާންމުންނަށް ހުޅުވާލާފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުރިޖުގައި ދަތުރު ކުރެވޭ އަގުތައް ކަނޑައަޅާފައެވެ. އެގޮތުން މާލެ އިން ހުޅުމާލެ އަށް ޓެކްސީއިން ދަތުރުތަކަށް އެއޮތޯރިޓީން ކަނޑައަޅާފައިވަނީ 40 ރުފިޔާއަށެވެ. ނަމަވެސް އެއަގާމެދު ހިންހަމަ ނުޖެހުން ފާޅުކޮށް ޓެކްސީ ސެންޓަރުތަކުން ވަނީ ދަތުރަކަށް 100 ރުފިޔާ ނަގާނެ ކަމަށް ބުނެފައެވެ.

ވީއެފްޕީއަށް މައުލޫމާތު ދިން ބައެއް ޓެކްސީ ސެންޓަރުތަކުން ބުނި ގޮތުގައި 40 ރުފިޔާ އަކީ ވަރަށް ކުޑަ އަގެކެވެ.

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ޓެކްސީތަކުން ނަގާނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖެއްސީ ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށްކަމަށްވެސް ބައެއް ޓެކްސީ ސެންޓަރުތަކުން ބުނެއެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި އެއަގުތައް ކަނޑައެޅީ ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިއަދުން ފެށިގެން އެއޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލުނުކުރާ ޓެކްސީތަކަށް އިންޒާރު ދެމުން ދާނެ ކަމަށާއި އެއަށްފަހު އަގުތަކަށް ބަދަލު ނުގެންނަ ނަމަ ޓެކްސީ ދަތުރު ކުރުމުގެ ހުއްދަ ބާތިލް ކުރާނެކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަކީ މާލޭގެ އެއް ތަނުން އަނެއް ތަނަށް ނަމަ 25 ރުފިޔާއެވެ. ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަށް ކުރާ ދަތުރުގެ އަގަކީވެސް 25 ރުފިޔާއެވެ. މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ކުރާ ދަތުރުގެ އަގަކީ 35 ރުފިޔާ ކަމަށް ޓްރާންސްޕޯޓުން ކަނޑައަޅާފައިވާއިރު މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ކޮޅަކަށް ޓެކްސީ ދަތުރެއްގެ އަގަކީ 40 ރުފިޔާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.
ހިޔާލު

މުސާރަ

އެކި އެކި އޮފީސް ތަކުގައި މސައްކަތް ކުރާ މުއައްޒަފުންގެ މުސާރަވެސް ކަނޑައަޅަނީ މުއައްޒަފުންނާ ވާހަކަ ދައްކާފައެއް ނޫން. ޢަނެއްކާ ހުޅުމާލެއަށް ގޮއްސަ އަންނަން 40 ރުފިޔާ ގެ ޕެޓްރޯލް އެއް ޚަރަދެއް ނުވާނެ.

ބަނީ

މިކަން ވާނެ ، މިކަން ވާނެ ، މިކަން ވާނެ

ޓެކްސީ ޑޮރައިވަރ

ތިކަންތަށް ވާނެބާ، ތިކަންތަށް ވާނެބާ، ތިކަންތަށް ވާނެބާ،؟؟؟؟