Artificial Beach Mimahu Ha Dhuvahehgai Hoadhumah MDP in Edhefi
image
އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން...
5 ކޮމެންޓް
 

އާޓިފިޝަލް ބީޗް މިމަހު ހަ ދުވަހެއްގައި ހޯދުމަށް އެމްޑީޕީން އެދެފި

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރާޓީކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕޭނަށް މިމަހުގެ ހަ ދުވަހަކަށް އާޓިފިޝަލް ބީޗް ހޯދުމަށް އެދެފިއެވެ. muni
އެމްޑީޕީން މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ މިމަހުގެ 13 އިން 15 އަށް އަދި 20 އިން 22 އަށް އާޓިފިޝަލް ބީޗް އެޕާޓީއަށް ދިނުމަށް އެދިފައެވެ.

"ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކެމްޕޭން އަދި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ދެއްވާފައެވެ." މި ހަދުވަހުގެ ހެދުނު 6 އިން މެންދުރު 12 އަށް އާޓިފިޝަލް ބީޗް ހޯދުމަށް އެމްޑީޕީން ފޮނުވި ސިޓީގައިވެއެވެ.


އިދިކޮޅު ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ދައުލަތުގެ އެއްވެސް ތަނެއް ނުދީ ތިން އަހަރަށް ބޭއްވުމަށްފަހު އިިދިކޮޅު ބޮޑު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ނުކުތުމާއި ގުޅިގެން ޕީޕީއެމުންވެސް ވަނީ އެޕާޓީގެ ސައިޒު ދައްކާލަން އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައެވެ.
ހިޔާލު

މަރީ

މިހާރު އެއުޅެނީ ޕީޕީއެމްއިން ބޮޑު ޖަލްސާ ބާއްވަން އުޅޭތީ އެކަމަށް ހުރަސްއަޅަން

މެޑަމް އައިޝާ

ކާޅު ކޮށި އަޅަން ދޯ ހުރިހާހުއްދަ އެތާގަ

ދޮންކޮ

އަސްލު އެމްޑީޕީ ގެ ކަޑަ ކަމަކީ ޖަލްސާއެއް ބާއްވަން ބިމެއް ދިނަސް، އެމީހުން ބާއްވާ ޖަލްސާގަ ގިއްކިޔާފަ މީހުން ބައިވެރިވާތީވެ. އެއީ ވަރަށް ވެސް ހިތާމަވެެރި މަންޒަރެއް. އެމްޑީޕީވެސް އެހެން ކަންތައް ކޮއްގެން ނުވާނެ ދޯ!! ޢެހެން ކަންތައް ކުރީމާ ނިހާނުއާއި ތިނު އަދުރޭ ރުޅި އަންނަނީ އަހަރެމެން ދެކެ.

ސާބެ

ތިކަމާ ނޫޅުއްވާ... ތިޔަ ދައްކާ ބޮޑު ލަޝްކަރުގެ ބޮޑު މަންޒަރުތަކާ ހެދި ތިޔަ ފުރުސަތު ދެވޭކައް ނެތް... ސޮރީ

ނަޖްވާ

އަސްލު ދޭންޖެހޭނެ ދޯ ހަމަ؟