Voters List Gai Idhikolhu Coalition In Soi Kohfi
image
މާރިޔާ އަހުމަދު ދީދީ-
1 ކޮމެންޓް
 

ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަނުން ސޮއިކޮށްފި

މިމަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ސޮއިކޮށްފައިވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އީސީ އިން ދެއްކި ލިސްޓުގެ ކޮންމެ ގަނޑެއްގައި އިދިކޮޅު ކޯލިޝަނުން މިހާރު ވާނީ ސޮއިކޮށްފައި ކަަމަށެވެ. ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބެން ޖެހޭއިރު އެލިސްޓު ނުލިބޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓު ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބަ ލިބެންޖެހޭ. އަޅުގަނޑުމެން ކަންބޮޑުވަނީ މިކަމާއި ކީއްވެތޯ ޕީޕީއެމް ކަންބޮޑުފުޅު ނުވަނީ. އެތާ އޮންނާނެ ލިސްޓަކީ އެބޭފުޅުންނަށް ކިހިނެއްތޯ ކަށަވަރުކުރެއްވެނީ، އެބޭފުޅުން [ޕީޕީއެމް] ގެ ވެސް އޮބްޒާވަރުން ތިބޭނެ، އަޅުގަނޑުމެންގެ ވެސް އޮބްޒާވަރުން ތިބޭނެ. އެހެންވިޔަސް އެބޭފުޅުން ކިހިނެއްތޯ ކަށަވަރުކުރާނީ އިލެކްޝަންސް ކޮމިޝަނުން އެތަނަށް ފޮނުވާފައިވާ ލިސްޓާއި ދެން އޮބްޒާވަރުން އަތުގަ އޮންނާނެ ލިސްޓު،" މާރިޔާ ވިދާޅުވިއެވެ.

އިންތިހާބަށް މިހާރު ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު އިންތިހާބާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ވޯޓު ކަރުދާސްތައް ޗާޕުރެވިފައިވާކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށެވެ.

"ކިތައް ވޯޓު ކަރުދާސްކޮޅުތޯ މުޅިއެކީ ޗާޕުކުރެވުނީ ވެސް، އެމައުލޫމާތު ގެންނަވާފަ ނުވާތީ އަޅުގަނޑުމެން ކަންބޮޑުވޭ. އެއީ އެކަންބޮޑުވުން އިތުރަށް ކަންބޮޑުވާ ގޮތަށް ވެސް އަމަލު ކުރައްވަނީ އިލެކްޝަންސް ކޮމިޝަނުން. އެއީ އިލެކްޝަންސް ކޮމިޝަނުން އަލުން ނުކުމެ ވަޑައިގެން މިދަންނަވަނީ ވޯޓު ކަރުދާހަކީ ރަނގަޅު ކަރުދާސްތޯ ވެރިފައި ކުރާނީއޭ ފުރަތަމަ ގުނުމުގެ ކުރިން މީހާ ވޯޓު ލާފަ އޮއްވާ،" މާރިޔާ ވިދާޅުވިއެވެ.

އީސީ އިން އެއްވެސް ވެރިފިކޭޝަން ޕްރޮސީޖާއެއް ކުރިއަށް ގެންދާކަމުގައި ވާނަމަ ރައްޔިތުން ވޯޓުލުމުގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ވެސް މާރިޔާގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.

"ގާނޫނާއި ގާނޫނު އަސާސީގައި އޮންނަ ގޮތުން ވޯޓު ކަރުދާސް ކޮޅު މީހާލުމަށްފަހު ހަމައެކަނި ކުރެއްވޭނެ ކަމަކީ ގުނުން،" މާރިޔާ ވިދާޅުވިއެވެ.
ހިޔާލު

ފައި

މިހާރު ކަންކަން ހުރި ގޮތުން މިއިންތިހާބުގެ ކަންކަން މިދަނީ އެޒުވާނުން ބުނާގޮތަށް ކޯލިޝަނުން ކާމިޔާބު ކުރިޔަސް ޔާމީން ހުވާކުރާ ގޮތަށް..