Midhiya Mahu MIRA ah 1 Billion Ruffiya Libihje
image
މީރާ
1 ކޮމެންޓް
 

މިދިޔަ މަހު މީރާއަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮަށް މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 38.5 މިލިއަން ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނިއަށްވުރެ 0.4 އިންސައްތަ މަދު މިންވަރެކެވެ. ނަމަވެސް މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ 16.8 އިންސައްތަ އިތުރު ކަމަށް މީރާއިން ބުނެއެވެ.

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 52.3 އިންސައްތައަކީ ޖީއެސްޓީން ލިބުނު އާމްދަނީއެވެ. އެއީ 529 މިލިއަން ރުފިޔާއެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 121 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖީއެސްޓީ މީރާ
ހިޔާލު

ފާތުމަ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮަށް މިދިޔަ މަހު ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ކަލަފި !!! މީ ހަގީގަތަކީ