Sui Dhaaga Aki Emotional adhi Majaa Ves Film eh:Anushka
image
"ސުއި ދާގާ"ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ސުއި ދާގާ އަކީ އިމޯޝަނަލް އަދި މަޖާ ވެސް ފިލްމެއް: އަނުޝްކާ

ޝަރަތް ކަޓަރިއާގެ ކުރިއަށް އޮތް ފިލްމު "ސުއި ދާގާ" އަކީ އިމޯޝަނަލް އަދި މަޖާ ފިލްމެއް ކަމަށް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އަނުޝްކާ ޝަރުމާ ބުނެފިއެވެ.
އަނުޝްކާ އެހެން ބުނެފައިވަނީ ފިލްމާ ބެހޭ ގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. އަނުޝްކާ ބުނި ގޮތުގައި އެފިލްމަކީ އިމޯޝަނަލް އަދި މަޖާ ވެސް ފިލްމެކެވެ. އޭގެ އިތުރުން އެފިލްމުން ވަރަށް ވަރުގަދަ މެސެޖެއް ދޭނެކަމަށްވެސް އަނުޝްކާ ވަނީ ބުނެފައެވެ.

އަނުޝްކާ އާއެކު އެފިލްމުގައި ލީޑު ރޯލުން ވަރުން ދަވަން ފެނިގެންދާއިރު ވަރުން އެފިލްމުގައި ފެނިގެންދަނީ އެއްޗެހި ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ އެމްބްރޮއިޑަރާ އެއްގެ ރޯލުންނެވެ. އެމްބްރޮއިޑަރަކީ ފޮތީގައި ތިނޯހާއި ބަރަނި ބޭނުންކޮށްގެން ޑިޒައިން ކުރާ ބައެކެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާއިރު އެފިލްމުގެ ޝޫޓިން ވަނީ މިހާރު ނިންމާލާފައެވެ. ފިލްމު ނެރުމަށް ނިންމާފައިވަނީ މިމަހު 28 ގައެވެ.

ހިޔާލު