Raees Yaminah Thaidhu Nukuraa Baeh Ilumuveringe Photo Jahaigen List Nerumun Hoonuvejje
image
ރައީސް ޔާމީނަށް ތާއީދު ކުރާ ކަމަށް ބުނެ އާއްމުކޮށްފައިވާ އިލުމުވެރިންގެ ފޮޓޯތައް---
17 ކޮމެންޓް
 

ޔާމީނަށް ތާއީދު ނުކުރާ އިލުމުވެރިންގެ ފޮޓޯ ޖަހައިގެން ލިސްޓު ނެރުމުން ހޫނުވެއްޖެ

ބައެއް އިލުމުވެރިންގެ ހުއްދަ ނުހޯދާ ރައީސް އަބްދުﷲ ޔާމީނަށް 66 އިލުމުވެރިޔަކު ތާއީދު ކުރާ ކަމަށް ބުނެ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސޯޝަލް މީޑިއާގައި ފޮޓޯ ޖަހައިގެން ލިސްޓެއް އާއްމު ކުރުމުން އެ މައްސަލަ ހޫނުވެއްޖެއެވެ.
ރައީސް ޔާމީނަށް ތާއީދު ކުރާ 66 އިލުމުވެރިން ކަމަށް ބުނެ އެބޭފުޅުންގެ ފޮޓޯއާއެކު ނިހާން ޓްވިޓާގައި ވިދާޅުވެފައިވަނީ 98 އިންސައްތަ އިލުމުވެރިންގެ ތާއީދު އޮތީ ރައީސް ޔާމީނަށް ކަމަށެވެ.

ނިހާން ވަނީ އެ 66 އިލުމުވެރިން ރައީސް ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ބައިއަތު ހިއްޕަވާފައިވާ ކަމަށް ފޭސްބުކްގައި ވިދާޅުވެފައެވެ.
ނިހާން ކުރައްވާފައިވާ ޓްވީޓާއި ގުޅިގެން ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ހުސައިން މައުރޫފު ވަނީ އެއީ ފޭކު ލިސްޓެއް ކަމަށް ބުނެ އެ ޓްވީޓަށް ރައްދު ދެއްވާފައެވެ.
ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ޝެއިހް އަހުމަދު ނަޒީހު ވެސް ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ލިސްޓުގައި ނަން ހިމެނީ އެނގުމެއް ނެތި ކަމަށް ވިދާޅުވެފައެވެ.
ޝެއިހް ނިމާލު މުހައްމަދު ވެސް ވަނީ އެބޭފުޅާ ވަކި ފަރާތަކަށް ތާއީދު ކުރިކަން ހާމަ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
ޝެއިހް މުހައްމަދު ޝަމްއޫނު ވެސް ވަނީ ނިހާންމެން ކުޅޭ ކުޅިގަނޑާ އެބޭފުޅާ ދުރުގައި ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
އާއްމުކޮށްފައިވާ ލިސްޓުގައި ސަރުކާރުގެ އެކި ވަޒީފާތައް އަދާ ކުރައްވަމުން ގެންދަވާ ބައެއް ޝެއިހުންގެ ފޮޓޯތައް ވެސް ހިމަނާފައިވާ އިރު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޝެއިހަކު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ފޮޓޯ ޖަހައިގެން ލިސްޓެއް ނެރެފައިވަނީ އެނގިގެން ނޫން ކަމަށާއި، އެކަމަށް ހުއްދަ ވެސް ދީފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވާ އިލުމުވެރިން ކަމަށް ވިދާޅުވެ ނެރެފައިވާ ލިސްޓުގައި ނައިފަރު ކޯޓުގެ ގާޒީ ޝެއިހް މުހައްމަދު މޫސާއާއި މީދޫ ކޯޓުގެ ގާޒީ ޝެއިހް މުހައްމަދު ތޮއްޔިބުގެ ފޮޓޯ ވެސް ހިމެނެއެވެ. ތޮއްޔިބުވަނީ އެބޭފުޅާގެ ފޮޓޯ ވެސް އާއްމުކޮށްފައިވަނީ އެނގިގެން ނޫން ކަމަށް ވިދާޅުވެފައެވެ.
މިހަބަރާއި ގުޅިގެން ނިހާންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ހިޔާލު

މުސްތަފާ

ވަގުންނަށް ތާއީދު ކުރާނީ ވެސް ވަގުން. ޝެއިޚުންގެ ފަސްބައި ހަޑިނުކޮށް ތިބުމަށް ގޮވާލަން.

ނާޅި

ޑރ ޝަހީމް ކާރިން އައްސަވާބަލަ ޝަހީމުގެ އެކުވެރިޔާ ބިން ސަލްމާނު ހަރަމްފުޅުގެ އިމާމު އާލު ތާލިބަށް ހެދިގޮތެއް !

ކާލާމަންނަ

އެންމެފަހުން އަތަކަށްނުންތިގޮވީ . ނިހާނުމެންތިއުޅެނީ އޮންލައިނުން ޝޭޚުންވިއްކާލަން . ދެންޖަހާއައިބޭގަވެސް

ކާލި

ސައުދީގައި މިހާރު އިލްމުވެރިންނަށް އަނިޔާ ދެމުންދާ ވަލާއަހުދު ބިން ސަލްމާނުގެ ވަރަށް ބޮޑު އެކުވެރިޔެއް ޑރ ޝަހީމަކީ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް !

ލަދު

ވަގުން ނަށް ތާޢީދު ކުރާއިލްމުވެރިން ތިބޭތޯ ؟

އިންސާފު

ސުރުޚި އަކާއި ލިޔުމާއި ދިމާ ނުވޭ. ސުރުޚީ ކިޔާފައި ލިޔުން ކިޔާލުމުން އަސްލު އެނގިގެން ދަނީ ގައުމުގައި ފިތުނަ އުފައްދާ މިންވަރު. ޚާއްސަކޮށް މިހާރު ވީ.އެފް.ޕީ. ނޫސް ވެގެން ގޮސްފައިވަނީ ރ.ޓީވީ. އާއި ރ.އެމްވީއަށް ވުރެވެސް ފިތުނަ އުފެއްދުމުގައި ކުރީގައި އުޅޭ ބަޔަކަށް. އެއްވެސް ގޮތެއް ފޮތެއް ތަނެއް ދޮރެއް ބަލައިލުމެއް ނެތި ހިތު ހުރިއެއްޗެއް ލިޔަމުންދަނީ އެކަމުން ނުކުންނާނޭ ނަތީޖާއަކަށް ބެލުމެއްނެތި ﷲ އަށް ބިރުވެތި ވުމެއް ނެތި.
މިކޮމެންޓް ޖަހައި ނުދިނަސް ހަމަގައިމުވެސް ކިޔާނެ ކަމަށް އުއްމީދުކުރަން.

Abdulla Rasheed

ތިކަމުންވެސް ހަމަ ވައްކަން

ޞައްދާމު

ސުރުޚީގަ ވަނީ ތާއީދު ނުކުރާ ވާހަކަ

ޢިލްމުވެރިން

މިޒާތު ކަންތައްކުރީމަ ރައްޔިތުންގެ ހިތުގައި އުފެދުނީ ހައްތަހާ ނަފުރަތު

ނަން

އަބުރުގެ ދައުވާ ކުރޭ!

އެޅަބެއްޔާ

ތައްޓު މައްޗައް އެއްލާ ވަގުތު ސާމަރާ ހިފައިގެން ހުނަނާތި.

އަޅޭ

ހުންނާނީ ރަނގަޅަށް ދީނީކާޑު ކުޅެވިފަ މިހާރު...ހުރިހާ ގޮތަކުން ތިޔަވަނީ ފެއިލް...ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ހޭލާ... ބޮނަކުވާ ފެން އަނގަޔަށް އަޅައިގެން މަޖްލިސްތެރޭ ރޮޒޭގެ މޫނަށް ޖެހޭތޯބަލާ...އޭރުން ތިޔަ ސައިޒް ފެންނާނީ...ލޮލް

ސައްޕޭ

ހުރިހާ އިލްމުވެރިން ވިއްކާގެން ވެސް ވޯޓެއް އިތުރުކުރެވޭތޯ ބަލަ!

ސައްޕޭ

ގޮތްހުސްވެގެން މިހާރު އެއްމެ ފަހުގެ ހަތިޔާރު ލޯޑުކޮށްފި، މިމީހުން ހީކުރަނީ ދީނަކީ މިމީހުން ކުޅެން ބާއްވާލެއްވި އެއްޗެއްކަމަށް، ވަގަކަށް ހާސްދުވަސް ރައްޔިތުންނަށް 1 ދުވަސް

ގުބ

ޕީޕީއެމް އުޅެނީ ތާއީދު އޮތްކަންދައްކަން އެކަން އެންމެނައް އިންގޭ! ރައްޔިތުންގެ ތާއީދެއްވެސް އިލްމުވެރިންގެ ތާއީދެއްވެސް ނެތް! ކުންފުނިތަކުގެ ތާއީދުވެސް އޮތްކަމައް ދައްކަނީ މަޖުބޫރުކޮއްގެން!

ބާނި

މިފަހަރު ތިއޮތީ ހަމަ ރަނގަޅަށްވެސް ރައީސް ޔާމީނު ހިބަރުވަދުގައި ޖެހިފަ، ދެން ވާންކުރިވަރަކަށް ވާނީ އަނިޔާ، ލިބޭނީ ގެއްލުން، އެންމެފަހުން ނަގާ ޓައްޓު މައްޗަށް

ޖަމަލު

ޝަހުސުގެ ދައުވާ އަދި އަބުރުގެ ދައުވާގެ އިތރުން ފިކުރީ ވައްކަމުގެ ދައުވާ ކުރައްވާ