United Aa PSG Ge Hushalhun Libunu: Boateng
image
ޖެރޯމް ބޯޓެންގް ފޮޓޯ:---
0 ކޮމެންޓް
 

ޔުނައިޓެޑާއި ޕީއެސްޖީގެ ފަރާތުން ހުށަހެޅުން ލިބުނު: ބޯޓެންގް

ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީގެ ފަރާތުން އޭނާއަށް ހުށަހެޅުމެއް ލިބުނު ކަމަށް ބަޔާން މިއުނިކްގެ ޑިފެންޑަރ ޖެރޯމް ބޯޓެންގް ބުނެފައިވެއެވެ. muni
ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑްއަށް ދިން އިންޓަވިއުއެއްގައި ބޯޓެންގް ބުނީ މިފަހަރު އޭނާއަށް ޕީއެސްޖީ އާއި ޔުނައިޓެޑުން ވެސް ހުށަހެޅުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ދެ ކްލަބަށް ވެސް ނޫނެކޭ ބުނީ ބަޔާން ދޫކޮށްދާން ބޭނުން ނުވާތީ ކަމަށެވެ.

"އަހަރެން ބޭނުމެއް ނުވޭ ބަޔާން ދޫކޮށްދާކަމަށް. ބަޔާން އަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބު. މި ކްލަބު (ބަޔާން) ދޫކޮށް އަހަރެން ބަދަލުވާ ކްލަބެއްވާން ޖެހޭނެ މި ކްލަބަށް ވުރެވެސް ބޮޑު ކްލަބަކަށް." ބޯޓެންގް ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރާންސްފާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބޯޓެންގް ބުނީ ޔުނައިޓެޑުން އޭނާ ހޯދުމަށް މަސައްކަތް ކުރުމުން އެކަމާ ގުޅިގެން އެކްލަބުގެ ކޯޗު، ހޯޒޭ މޮރީނިއޯއަށް ގުޅި ކަމަށާއި އަދި މޮރީނިއޯ ގާތު އޭނާ ހޯދުމަށް މަސައްކަތް ކުރީތީ ޝުކުރުވެރިވެފައިވާނެ ކަމަށާއި އަދި އޭނާއަށް ޔުނައިޓެޑަށް ދެވެން ނެތް ސަބަބުން ވަރަށް ރަނގަޅަށް މޮރީނިއޯއަށް ކިޔައިދީވައިވާނެ ކަމަށެވެ.

ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޑިފެންޑަރަކު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެކްލަބުން ވަނީ ބާސެލޯނާއިން އެވަޓަންއާ ގުޅުނު ޔެރީ މިނާއާއި ބަޔާންގެ ބޯޓެންގް އާއި ލެސްޓާގެ ހެރީ މެގުއާގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ޑިއޭގޯ ގޯޑިން ހޯދުމަށް ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހުރިހާ މަސައްކަތެއް ނާކާމިޔާބުވެ ޓްރާންސްފާ ބާޒާރު ބަންދުވީ އެކްލަބަށް ޑިފެންޑަރަކު ސޮއި ނުކުރެވިއެވެ.
ހިޔާލު