Dhiraagu family day winter park gai!
image
ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓަރ ޕާރކުގައި!
0 ކޮމެންޓް
 

ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓަރ ޕާރކުގައި!

ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ "ފެމިލީ ޑޭ" މިއަހަރު ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވައިފިއެވެ. Dhiraagu
ދިރާގު ފެމިލީ ޑޭ އަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ދިރާގު ފެމިލީ ޑޭ އޮންނަނީ ތަފާތު ތަނެއްގައިއެވެ.

ދިރާގުން ބުނީ އެކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމުގައެވެ. އަދި މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާކަމަށާއި ދިރާގު ފެމިލީ ޑޭ އަކީ ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން ކަމެއްކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޔެވެ.

ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީ ކްލަބް" ގެ ފަރާތުން ވިދާޅުވީ މި ފަދަ ހަރަކާތް ތަށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުން މަޖާ ކޮށް އަދި އުފާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދީ މުވައްޒަފުން ގެ ހިންހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައިވެސް މިފަދަ ހަރަކާތްތަށް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު ކޮންމެ ރީޖަނަލް އޮފަރޭޝަނަލް ސެންޓަރުތަކުން ދަތުރު ދިޔުމާއި ސްޓާފް ނައިޓް ފަދަ އިވެންޓްތައް ދަނީ ބާއްވަމުންނެވެ.

ހިޔާލު