170000 ah vure gina vote kashavaru vejje: Idhikolhu
image
އެއް ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ވޯޓް ކަށަވަރުވެއްޖެ: އިދިކޮޅު
5 ކޮމެންޓް
 

އެއް ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ވޯޓް ކަށަވަރުވެއްޖެ: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙް، އިބޫއަށް މިހާތަނަށް 170000 އަށް ވުރެ ގިނަ ވޯޓް ކަށަވަރުވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. dhi2
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިބޫއަށް ވޯޓް ދޭނެކަން ކަށަވަރުކަމާއި އެކު ޔަގީންކޮށްފީފައިވާ ރައްޔިތުންގެ އަދަދު މިހާތަނަށް 170000 އަށް ވުރެ އިތުރުވެފައިވާ ކަމުގައެވެ.

އެހެންކަމުން ފަސޭހަކަމާއި އެކު ރައީސް ޔާމީން އިންތިހާބުގެ ބަލިވެގެން ދާނެކަމަށާއި އަންނަ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކުރައްވާނެކަން ކަށަވަރުކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވަނީ މިހިގާ ސެޕްޓެމްބަރު މަހުގެ 23 ވާ އާދީއްތަ ދުވަހު އެވެ.

އިންތިހާބަށް މިހާރު ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު އިންތިހާބާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ވޯޓު ކަރުދާސްތައް ޗާޕުރެވިފައިވާކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށެވެ.

"ކިތައް ވޯޓު ކަރުދާސްކޮޅުތޯ މުޅިއެކީ ޗާޕުކުރެވުނީ ވެސް، އެމައުލޫމާތު ގެންނަވާފަ ނުވާތީ އަޅުގަނޑުމެން ކަންބޮޑުވޭ. އެއީ އެކަންބޮޑުވުން އިތުރަށް ކަންބޮޑުވާ ގޮތަށް ވެސް އަމަލު ކުރައްވަނީ އިލެކްޝަންސް ކޮމިޝަނުން. އެއީ އިލެކްޝަންސް ކޮމިޝަނުން އަލުން ނުކުމެ ވަޑައިގެން މިދަންނަވަނީ ވޯޓު ކަރުދާހަކީ ރަނގަޅު ކަރުދާސްތޯ ވެރިފައި ކުރާނީއޭ ފުރަތަމަ ގުނުމުގެ ކުރިން މީހާ ވޯޓު ލާފަ އޮއްވާ،" މާރިޔާ ވިދާޅުވިއެވެ.

އީސީ އިން އެއްވެސް ވެރިފިކޭޝަން ޕްރޮސީޖާއެއް ކުރިއަށް ގެންދާކަމުގައި ވާނަމަ ރައްޔިތުން ވޯޓުލުމުގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ވެސް މާރިޔާގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.
ހިޔާލު

ރައްޔިތުން

ވޯޓް ގަންނާނެ މީހުން އަތުވެދާނެ އެބަޔަކު ވޯޓް ގަންނާނީ ޕާސްޕޯރޓް އަދި އަދިޑީ ކާޑު ދިނުމުން ބޭނުން ވަރަކަށް ފައިސާދީގެން އެ ލިއުންތައް އަބުރާ ލިބޭނީ ވޯޓް ފޮށި ތައް ބަންދުކުރުމުން ، ބޭނުމަކީ އެމީޙުންގެ ވޯޓް ލެވިޔަ ނުދިނުން- މިއީ ބޮޑު ޖަރީމާއެއް މިފަދަ ކަމެއްގައި އެއްވެސް މީހަކު ބައިވެރި ނުވޭ. ކޮންމެ މީހަކުވެސް އެމީހާގެ ވޯޓް އެމީހާ ބޭނުންވާ މީޙަކަދެއްވާ. މިއީ ގާނޫނީ ޙައްޤެއް.

ހަސަން

މަސައްކަތް ހުއްޓާލާފައި ހުވާކުރަން ދާންވީނުން.

މަރީ

ހަމަ ގައިމުވެސް މަގޭ ވޯޓް އެއް ކަށަވަރެއް ނުވާނެ.

ހާމަ

ތިޔަ އެއްލައްކަ ހަތްދިހަހާސް މީހުންނަށް ހެޔޮވިސްނުން ދެއްވައި މިފަހަރުގެ ވޯޓު ރައީސް ޔާމީނަށް ދިނުމަށް ގޮވާލަން. އިބޫއަށް ވޯޓު ދިނުމަކީ އަންނިއަށް ވޯޓު ދިނުން. ކުރިންވެސް އެމް.ޑީ.ޕީ ވެރިކަމަށް އައިގޮތަށް ކަންތައް ވީ ބީދައިން މިފަހަރުވެސް އިބޫއަށް ވެރިކަން ލިބިއްޖެނަމަ ތިޔަ ކޯލިޝަންގެ މީހުންނަށް ހަދާނެ. ބަލާތި ޤާސިމް، އިމްރާން، މައުމޫން، ނާޒިމް. މިއީ އެމް.ޑީ.ޕީއިން ދުވަހަކުވެސް ހެވެއް އެދޭނެ ބައެއް ނޫން. މިބައިމީހުން ދޫނުކުރާނެ ޖަލުން ދުވަހަކުވެސް. އަދި މިތަނުގައި ދީނީ މިނިވަންކަން ގެންނާން ފާޅުގައި އުޅޭނެ. ގައުމަށް ކަމެއް ކޮށްނުދީ ފައިސާތައް ކައިހުސްކުރި ފަދައިން މިފަހަރުވެސް ވައުދުވެ ކަމެއް ކޮށް ނުދޭނެ.

ޥަރަށް ވެދުން

އަނގައިން ދެރަނުވާތި ކޮންމެވެސް