Sui Dhaaga Memes Thah Varah Majaa, Ae Compliment Eh
image
އަނުޝްކާ ޝަރްމާ--
0 ކޮމެންޓް
 

ސުއި ދާގާ މީމްސްތައް ވަރަށް މަޖާ، އެއީ ކޮމްޕްލިމެންޓެއް: އަނުޝްކާ

ޝަރަތު ކަޓާރިޔާ ޑައިރެކްޓުކޮށް މިމަހުގެ 28 ގައި ނެރެން ނިންމާފައިވާ ފިލްމު "ސުއި ދާގާ" ފިލްމު ނެރުމުގެ ކުރިން އެފިލްމުގެ ލީޑު ބަތަލާ އަނުޝްކާ ޝްރަމާ ފިލްމުގައި ރޯ މަންޒަރެއް މިވަނީ ވައިރަލް ވެފައެވެ.
އަނުޝްކާ ރޯ މަންޒަރަށް މަޖާ މީމްސްތައް ހަދާ ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާއިރު އެމީމްސްތަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން އަނުޝްކާ މިވަނީ އޭގެ ތެރެއިން ވަރަށް ގިނަ މީމްސްތައް އޭނާއަށް ވެސް ފެނިފައިވާކަމަށް ބުނެފައެވެ. އަދި މީމްސްތައް ވަރަށް މަޖާކަމަށާއި އެއީ އޭނާއަށް ކުރާ ތައުރީފެއްކަމަށް ދެކޭކަމަށް އަނުޝްކާ ބުނެއެވެ.

މީގެއިތުރުން އަނުޝްކާ ބުނީ، މީމްސްތައް މަޖާވެ، އޭނާއާއެކު އެފިލްމުގައި ފެނިގެންދާ މަޝްހޫރު އެކްޓަރު ވަރުން ދާވަންއަށް ވެސް ފޮނުވާފައިވާނެކަމަށެވެ.



ސުއި ދާގާ ފިލްމު ޕްރޮމޯޓުކުރުމަށް އިންޑިއަން އައިޑަލް ޝޯގައި ވަރުން އާއި އަނުޝްކާ ދާދިފަހުން ބައިވެރިވެފައިވާއިރު އެޝޯގެ ތެރެއިން ވަނީ ގިނަ ބަޔަކު މަޖާ ނަގަމުންދިޔަ އަނުޝްކާގެ މޫނުމައްޗަށް ގެނައި އެއެކްސްޕްރެޝަން އަލުން ގެނައުމަށް އެދިފައެވެ. އަދި އެއާއެކު މާވިސްނުންތަކެއް ނުވިސްނާ އޭނާވަނީ ސުއި ދާގާގައި އޭނާ ރޯ މަންޒަރު އެޝޯގައި ދައްކާލާފައެވެ.

ވަރުން އާއި އަނުޝްކާ އެކުގައި ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މިފިލްމުގައި ދެތަރިންވެސް ފެނިގެންދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ވަރުން އެފިލްމުގައި ފެނިގެންދަނީ އެއްޗެހި ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ އެމްބްރޮއިޑަރާ އެއްގެ ރޯލުންނެވެ.
ހިޔާލު