Nepal Anhenehge Maru, Fuluhun Bunanee Emeehaa Dhanjehunee Kamah
image
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ގެއަކުން ނެރެނީ---ފައިލް ފޮޓޯ
1 ކޮމެންޓް
 

ނޭޕާލު އަންހެނެއްގެ މަރު، ފުލުހުން ބުނަނީ އެމީހާ ދަންޖެހުނީ ކަމަށް

މާލޭގެ ގެއެއްގައި ނޭޕާލުގެ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުތައް ފެތުރެމުން ދަނިކޮށް އެ އަންހެންމީހާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މާލޭގެ ގެއެއްގައި އުޅުނު ނޭޕާލުގެ އުމުރުން 25 އަހަރުގެ އަންހެނަކު ދަންޖެހުނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެ އަންހެންމީހާގެ ހަށިގަނޑު މިއަދު ނޭޕާލަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ އަންހެންމީހާ ދަންޖެހިފައިހުރީ ކޮން ގެއެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނޭޕާލުގެ މީހާ މަރާލީ ރޭޕްކުރުމަށްފަހު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެމުންދާއިރު، އެ އަންހެންމީހާއަށް ޖިންސީ ގޯނާކޮށްފައިވާ ކަން ނުވަތަ ނޫން ކަންވެސް ފުލުހުން ނުބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ.
ހިޔާލު

އަޙުމަދު

ސޯޝަލް މީޑިއާ އާ ދިވެހި ފުލުހުންގެ ވާހަކައިގެ ތެރެއިން އިތުބާރުކުރެވެނީ ސޯޝަލް މީޑިއާއަށެވެ. ފުލުހުންނަކީ ރައްޔިތުންނަށް ފެންނަން ހުންނަ ކަންކަމުގައި ވެސް ޙަޤީޤަތާއި ޚިލާފަށް ވާހަކަދައްކާ ބައެކެވެ.