Male magumathee ekani ulhunu thuhthu kujjaku aaila aai havaalukoffi
image
މާލޭ މަގުމަތީ އެކަނި އުޅުނު ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި
0 ކޮމެންޓް
 

މާލޭ މަގުމަތީ އެކަނި އުޅުނު ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި

މާލޭ މަގުމަތީ އެކަނި އުޅުނު ތުއްތު ކުއްޖަކު ފުލުހުން މެދުވެރިކޮށް އާއިލާއާއި ހަވާލުކޮށްފިއެވެ.
މާފަންނު މުރަނގަމަގު ސަރަހައްދުގައި އެކަނި އުޅުނު މިކުއްޖާ ފުރަތަމަ ފެނިފައިވަނީ އާއްމުންގެ ބަޔަކަށެވެ.

ގާތްގަނޑަކަށް އުމުރުން ހަތަރު ފަސް އަހަރުގެ މިކުއްޖާ ފެނުމުން ޕީއެސްއެމްގައި މަސައްކަތް އަލީ ނިފާޒް ވަނީ އެކުއްޖާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އޭނާ ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުއްޖާ މަގުމަތިން ފެނުމުން އެކުއްޖާ ގާތު ގެ ކޮބައިތޯ ސުވާލު ގެހުންނަތަން ކިޔައިދޭން ނޭންގުނު ކަމުގައެވެ.ތުއްތު ކުއްޖާ ފުލުހުންނާއި ހަވާލުކޮށް މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާކަމަށް ބުނެ އޭގެ ފަހުން ނިފާޒް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުންގެ އެހީތެރިކަމާއި އެކު އެކުއްޖާ އާއިލާއާއި ހަވާލުކޮށްފައިވާ ކަމުގައެވެ.

ނަމަވެސް މިހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.
މާލޭ ސިޓީ ފުލުހުން
ހިޔާލު