Raees office site ge emme magboolu liumakah raees nasheed ge bridge
image
ރައީސް އޮފީސް ސައިޓުގެ އެންމެ މަގުބޫލު ލިއުމަކަށް ރައީސް ނަޝީދުގެ ބްރިޖް
1 ކޮމެންޓް
 

ރައީސް އޮފީސް ސައިޓުގެ އެންމެ މަގުބޫލު ލިއުމަކަށް ރައީސް ނަޝީދުގެ ބްރިޖް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިހާތަނަށް ޝާޢިއުކޮށްފައިވާ ލިއުންތަކުގެ ތެރެއިން އެންމެ ގިނައިން ކިޔާފައިވާ ނުވަތަ އެންމެ މަގުބޫލު ލިއުމަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ހުޅުމާލެ ބްރިޖްގެ މަސައްކަތާއި ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ލިއުމެއް ހޮވިއްޖެއެވެ. Dhiraagu
އެ ލިއުމަކީ މާލެއާއި ހުޅުލެ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިކަމަށް ލިޔެފައިވާ ލިއުމެވެ. އެ ލިއުން އަމާޒުކޮށްފައިވަނީ 20 ޑިސެންބަރު 2011 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ބްރިޖްގެ މަސައްކަތާއި ގުޅޭގޮތުން ނިންމި ނިންމުން ތަކަށެވެ.

މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް ބްރިޖެއް އެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން އެދުވަހު ނިންމެވިކަމަށް ލިއުމުގައި ވެއެވެ.

2011 އަހަރުގެ މެދުތެރެއިން ފެށިގެން އެކަމާ ގުޅޭގޮތުން ކުރެވިފައިވާ ޕްރިލިމިނަރީ ދިރާސާއިން މިއީ އެކަށީގެންވާ ގޮތުގައި ހިންގިދާނެ މަޝްރޫޢެއް ކަމަށް، މި ދިރާސާ ކުރައްވާފައިވާ ބައިނަލްއަޤްވާމީ ތަޖްރިބާކާރުން ވަނީ ފާހަގަކުރައްވާފަ ކަމަށާއި އެ މި މަޝްރޫޢަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެ ކަމަށް، މި ދިރާސާ ކުރެއްވި ތަޖްރިބާކާރުން ވަނީ އަންދާޒާ ކޮށްފައިވާކަމަށްވެސް ބްރިޖާއި ގުޅޭ ލިއުމުގައި ބުނެފައިވެއެވެ.

"މިކަމުގެ މުހިންމުކަމާއި ބޭނުންތެރިކަން ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކާ ބައްދަލުވެވަޑައިގަންނަވާ ފުރްޞަތުތަކުގައި، އަމިއްލަފުޅަށް އިސްނަންގަވައި ފާހަގަކުރައްވާފައެވެ. ސަރުކާރަށް މި ދިރާސާ ހައްދަވައި ދެއްވާފައިވަނީ، 1946 ވަނަ އަހަރުން ފެށިގެން ސްޓްރަކްޗަރަލް އިންޖިނިއަރިންގ އާއި، ކޮންސަލްޓަންސީ މަސައްކަތް، ދުނިޔޭގެ ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ފަރާތަކުންނެވެ" ރައީސް އޮފީހުގެ ސައިޓްގެ އެންމެ މަގްބޫލް ލިއުމުގައި ވެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގެ އެންމެ މަގްބޫލު ލިއުންތައް
ރައީސް އޮފީހުގެ ވެބްސައިޓްގެ އެންމެ މަގްބޫލު ލިއުމަކަށް ރައީސް ނަޝީދުގެ ވެރިކަމުގައި ބުރިޖާއި ގުޅޭގޮތުން ނިންމި ނިންމުގެ ހަބަރެއް ހިމެނޭއިރު، ދެ ވަނައަށް އެންމެ މަގްބޫލު ލިއުމެއްގެ ގޮތުގައި ހިމެނިފައިވަނީ "އެންމެ އިސްކަންދޭން ޖެހޭނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ލިޔެފައިވާ ލިއުމެކެވެ. އެ ލިއުމަކީ 18 އޮކްޓޫބަރު 2017 އިސް ރަށްވެހިންނާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅޭ ލިއުމެކެވެ.

މީގެ އިތުރުން ރައީސް އޮފީސް ސައިޓްގެ ތިން ވަނައަށް އެންމެ މަގުބޫލް ލިއުމުގެ ގޮތުގައި ހިމެނިފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގެ ބަންދާއި ގުޅިގެން ޖުލައި 29 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިކަމަށް ބުނާ ލިއުމެވެ.
ހިޔާލު

ާާޢާއިޝާ

ޚިޔާލު ފާލުކުރާށޭ ކިޔާފަ ފާޅުކުރާ ޚިޔާލް ކީއްވެތޯޯ ނުޖަހަނީ އެމްޑީޕީޢާ އިދިކޮޅު ޚިޔާލްވީމަތޯ އިދިކޮޅު ޚިޔާލް ޖަހަން ނުކެތެންޏާ ޚިޔާލް ކޮލަމް ޑިލީޓް ކުރޭ