Maradhoo, Maradhoo feydhoo adhi Feydhoo fenuge nizaamai bin hikkun ninmun faahaga koffi
image
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ފެނުގެ ނިޒާމާއި ބިންހިއްކުން ނިންމުން ފާހަގަކޮށްފި
0 ކޮމެންޓް
 

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ފެނުގެ ނިޒާމާއި ބިންހިއްކުން ނިންމުން ފާހަގަކޮށްފި

އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމަށް ހިންގި މަޝްރޫޢުގެ ނިމުން ރައީސް އަބްދުﷲ ޔާމީން މިއަދު ފާހަގަކޮށްދެއްވައިފައެވެ. Dhiraagu
އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމަށް ހިންގި މަޝްރޫޢުގެ ނިމުން ރައީސް އަބްދުﷲ ޔާމީން މިއަދު ފާހަގަކޮށްދެއްވި އިރު އިއްޔެ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.


ހިޔާލު