Farisge Anbikanbalun Idhikolhu Campaignge Kuree Safah
image
ފާރިސްގެ އަނބިކަނބަލުން ލީޝިޔާ ދިއްގަރުގައި---
1 ކޮމެންޓް
 

ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުއަށް ކާމިޔާބުކޮށް ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކެމްޕޭނުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ރަސްމީކޮށް ބައިވެރިވެވަޑައިގެންފިއެވެ.
ލީޝިޔާ މިހާރު ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްވާ އެމްއާރުއެމްއިން ދިއްގަރު ދާއިރާއަށް ކުރަމުންދާ ކެމްޕޭން ދަތުރުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ލީޝިޔާ ވަނީ ދިއްގަރާއި އެ ދާއިރާގެ އެހެން ބައެއް ރަށްރަށަށް ވަޑައިގެން އިބޫއަށް ވޯޓު ހޯއްދަވަން ޑޯޓުޑޯ ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ދިއްގަރަށް ވަޑައިގެންނެވުމުން ދިއްގަރުން އެންމެ ފުރަތަމަ އިބޫއަށް މަރުހަބާ ދެންނެވީ ވެސް ލީޝިޔާއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު ދުރު ކުރުމަށް ފާރިސް މައުމޫން އިސްވެ ހުންނަވައިގެން ފެއްޓެވި މަސައްްކަތްތަކާއެކު ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް ވަނީ ބަންދުކޮށްފައެވެ. އޭގެ ފަހުން ލީޝިޔާ ގެންދަވަނީ ފާރިސްގެ ހައްގުތައް ކަށަވަރު ކުރުމަށާއި އިދިކޮޅު ފަރާތްތަކާއެކު އެހެން ބައެއް ސިޔާސީ ކަންކަމުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ހިޔާލު

ނަޝީދު

ކޮންމެ މީހަކައްވެެސް ތިގޮތައް އެންމެ ކުރީގަހުރެގެން ފޮޓޯއެއް ނެގިދާނެ. ޙަހަހަ