Luv Rangan ge Kuriyah oi Filmun Ajay aai Ranbir ai eku Fennaanee Ileana Tha?
image
ރަންބީރު އާއި އިލިއާނާ އަދި އަޖޭ--
0 ކޮމެންޓް
 

ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުން އަޖޭ އާއި ރަންބީރާ އެކީ ފެންނާނީ އިލިއާނާތަ؟

ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުން އަޖޭ ދޭވްގަން އާއި ރަންބީރާ ކަޕޫރާ އެކީ ފެނިގެންދާނީ އިލިއާނާ ޑިސޫޒް ކަމަށް ވާހަކަ ފެތުރެން ފަށައިފިއެވެ.
ލަވް ރަންޖަންގެ އެންމެ ފަހުން ނެރުނު ފިލްމު "ސޯނޫ ކި ޓީޓޫ ކި ސުވިޓީ" އަށް ފަހު އޭނާ ވަނީ އެހެން ފިލްމެއް ހެދުމަށް ތައްޔާރުވެފައެވެ. އެގޮތުން އެފިލްމުގައި އަޖޭ އާއި ރަންބީރު މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އޭނާގެ މިހާރު އަންނަނީ ފިލްމަށް ބަތަލާ އެއް ހޯދަމުންނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެރޯލުން އިލިއާނާ ފެނިގެންދާނެ ކަމަށް އަންނަނީ ވާހަކަތައް ފެތުރެމުންނެވެ. ނަމަވެސް އެކަމާ ގުޅޭ އޮފިޝިއަލް އެނައުންސް މެންޑެއް އަދި ކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި މީގެ ކުރިން އެރޯލުން އާލިއާ ބަޓް ނުވަތަ ނުޝްރަތް ބަރޫޗާ ފެނިގެންދާނެ ކަމަށް އޮތީ ވާހަކަ ދެކިވިފައެވެ. ނަމަވެސް ނުޝްރަތް ވަނީ އޭނާ އެފިލްމުގައި މަސައްކަތް ނުކުރާކަމަށް ބުނެފައެވެ. އަދި އާލިއާ އަންނަނީ އެހެން ފިލްމުތަކާ ގުޅިގެން ވަރަށް ބިޒީކޮށް އުޅެމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެފިލްމަށް ކިޔާނެ ނަން އަދި ހާމަކޮށްފައި ނުވާއިރު އެފިލްމު ނެރޭނެ ދުވަހެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. އިލިއާނާ ވަނީ އަޖޭ އާއެކު "ބާދްޝާހޯ" އަދި "ރެއިޑް" ގައި މަސައްކަތް ކޮށްފައެވެ. އަދި ރަންބީރާއެކު "ބަރްފީ" ގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު