Ihavandhoogai Idhikolhu Leaderunge Photothakeh Fuluhun Nattaifi
image
ހއ. އިހަވަންދޫގައި އިދިކޮޅު ކެމްޕޭންގެ ޕޯސްޓަރުތަކެއް ފުލުހުން ނައްޓައިފި--
2 ކޮމެންޓް
 

އިހަވަންދޫގައި އިދިކޮޅު ލީޑަރުންގެ ޕޮޓޯތަކެއް ފުލުހުން ނައްޓައިފި

ހއ. އިހަވަންދޫގައި އިދިކޮޅު ކެމްޕޭނުގައި ހަރުކޮށްފައިހުރި އިދިކޮޅު ލީޑަރުންގެ ފޮޓޯތަކެއް ރޭ ފުލުހުން ނުކުމެ ނައްޓައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ދެ ފުލުހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ވެހިކަލެއްގައި ގޮސް އިދިކޮޅުން ތަތްކޮސްފައިހުރި ފޮޓޯތަކެއް ވީދާ ކުދިކުރާ މަންޒަރެވެ.


ފުލުހުން ބޭނުންކުރާ ވޭނެއްގައި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ޕޯސްޓަރުތައް ހަލާކުކުރުމަށް، ކަޓަރު ފަދަ އާލާތެއް ބޭނުންކޮށްފައިވާއިރު އާދިއްތަ ދުވަހުގެރޭވެސްވަނީ އިދިކޮޅު ކޯލިޝަނުން އިހަވަންދޫއަށް ހާއްސަކޮށްވެފައިވާ ވައުދުތައް ހިމަނައިގެން ހަރުކޮށްފައިވާ ބެނާތަކަކަށް ގެއްލުންދީފައެވެ.

ވީއެފްޕީއަށް މައުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޕޯސްޓަރުތައް ނަގާފައިވަނީ ކުށްވެރިން ޕްރޮމޯޓް ކުރާކަމަށް ބުނެއެވެ.

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ފުލުހުން ކުރިން އެންގިނަމަވެސް އެއީ ކޮން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރުން މަނާ ކަމެއް ކަން ފުލުހުން ބަޔާން ކޮށްފައެއް ނުވެއެވެ. އަދި އެފަދަ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލުން ދަނީ ފުލުހުންނަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުންނެވެ.
ހިޔާލު

ވާސިފު

ފުލުހުންގެ މަސައްކަތްތައްވެސް ހުންނަންޖެހޭނީ ޤާނޫނީ އިމުގެ ތެރޭގަ، މަތިން އަމުރުކުރިއަސް ޣައިރުޤާނޫނި އަމުރުތަކަށް ފުލުހުން ނުޖެހޭނެ ތަބށާވާކަށް، މިއަދު ފުލުހުންލައްވަ ތިއަ ނޭއްގާނީ ކަންކަން ކުރުވާފަ މާދަން ފުލުސްމީހާ ކުއްވެރިވީމަ ބޮސް އެހީތެރިއެއް ނުވާނެ

ފަޒާދު

ސިޔާސީލީޑަރުންގެ ފޮޓޯ ޕްރޮމޯޓް ކުރީމަ ގޯސް.. އެމީހުންގެ އަބުރު ކަތިލާ ވަރަށް ދައުލަތުގެ މީޑިޔާގައި ކިތައްމެ ވަރެއްކުރިޔަސް އޯކޭ..ސާބަސް ފުލުހުން.......މިނިމެނީ .......ގާނޫނު އަރާހަމަކުރީމަ ނުބުނާތި ....