Anushka Buni Varun Dawan Varah Rangalhu Firiakah Vaane kamah
image
އަނުޝްކާ ބުނީ ވަރުން ދަވަން ވަރަށް ރަނގަޅު ފިރިއަކަށް ވާނެ ކަމަށް--
0 ކޮމެންޓް
 

އަނުޝްކާ ބުނީ ވަރުން ދަވަން ވަރަށް ރަނގަޅު ފިރިއަކަށް ވާނެ ކަމަށް

ބޮލީވުޑްގެ ފިލްމީ ތަރި ވަރުން ދަވަން ވަރަށް ރަނގަޅު ފިރިއަކަށް ވާނެ ކަމަށް އަނުޝްކާ ޝަރުމާ ބުނެފިއެވެ.
ޝަރަތު ކަޓާރިއާގެ ކުރިއަށް އޮތް ފިލްމު "ސުއި ދާގާ" ގައި ވަރުންއާއި އަނުޝްކާ ލީޑު ރޯލު ކުޅޭ އިރު އެއީ އެދެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ވަރުންއާއި އަނުޝްކާ ބައިވެރިވި އިވެންޓެއްގައި އަނުޝްކާ ވަނީ ފިލްމާ ބެހޭގޮތުންނާއި ވަރުން އާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ނޫސްވެރިއަކު ވަރުންނާއި ބެހޭގޮތުން ކުރި ސުވާލަކާއި ގުޅިގެން އަނުޝްކާ ވަނީ ވަރުން އަކީ ރަނގަޅު ކޯ ސްޓާރެއްގެ އިތުރުން އަންހެނުންނަށް ވަރަށް އިހުތިރާމު ކުރާ މީހެއް ކަމަށް ބުނެފައެވެ. އެގޮތުން އޭނާ އަކީ ވަރަށް ރަނގަޅު "ބޯއީ ފްރެންޑެއް" ކަމަށާއި އަދި ވަރަށް ރަނގަޅު ފިރިއަކަށް ވެސް އޭނާ ވާނެ ކަމަށް އަނުޝްކާ ވަނީ ބުނެފައެވެ.

ވަރުން ރައްޓެހިވެގެން އުޅެނީ ނަތާޝާ ދަލާލްއާއެވެ. ވަރުން ވަނީ މީގެ ކުރިން ރަނގަޅު ވަގުތު އައުމުން ކައިވެނި ކުރަން ވަރަށް ބޭނުންވާ ކަމަށް ބުނެފައެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަ އިރު އެފިލްމުގެ ޝޫޓިން ވަނީ މިހާރު ނިންމާލާފައެވެ. ފިލްމުގައި ދެތަރިން ވެސް ފެނިގެންދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ވަރުން އެފިލްމުގައި ފެނިގެންދަނީ ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ފޮތީގައި ތިނޯހާއި ބަރަނި ބޭނުންކޮށްގެން ޑިޒައިން ކުރާ މީހުންނެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ މިމަހު 28 ގައެވެ.
ހިޔާލު