Zuvaanun Beynunvaa Kankan Neygey Zuvaanunge Candidate
image
އާއިޝަތު ހުސައިން
7 ކޮމެންޓް
 

ޒުވާނުން ބޭނުންވާ ކަންތައްތައް ނޭނގޭ ޒުވާނުންގެ ކެންޑިޑޭޓް

ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމް އުފެދުނު ފަހުން ބޭއްވޭ ތިން ވަނަ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ވޯޓު ދޭންވީ ކޮން ކެނޑިޑޭޓަކަށްތޯ އެއީ މިހާރު އެއްމެންގެވެސް އެންމެ އާއްމު އެއް ޖުމްލައެވެ. އަމިއްލަ ނަފްސާވެސް ކޮށްލެވޭ އެއް ސުވާލެވެ.
މި ސަބަބަށްޓަކައި އެކި ޕާޓީތަކުގެ އެކި ޖަލްސާތަށް ދުރުން ބަލަމުން ގެންދިޔައީމެވެ. މުޅި ގައުމުގައިވެސް ބޭއްވޭނެ އެއްމެ ބޮޑު އެއް ޖަލްސާއަކީ ރޭގެ ޖަލްސާކަމަށް ގިނަ ބަޔަކު ދަޔައީ ދައުވާކުރަމުންނެވެ. އެ ޖަލްސާގައި ހަމަ ޔަގީނުންވެސް ބައިވެރިވެ މީހުންގެ އަދަދު 30،000އަށް ވުރެ މަދުނުވާނެކަމަށް ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެންބަރުންދިޔައީ ބުނަމުންނެވެ.

މި ބޮޑު، ބިޔަ ޖަލްސާގައި އެ ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ދޭންވީ ސަބަބުތަކަކީ ކޮބާކަން އަދި އެ ކެނޑިޑޭޓުގެ މެނިފެސްޓޯއަކީ ކޮބައިތޯ ހާމަކުރައްވާނެ ވާހަކަ އިއުލާނުކުރުމުން ކޮންމެހެންވެސް މި ޖަލްސާ ބަލަން ބޭނުންވެއްޖެއެވެ. ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުން ދެއްކެވި ވާހަކައާ އެ ވާހަކަ އާއްމުންނަށް ފޯރުކޮށްދެއްވިގޮތް އެހެން ފަހަރަކަށް ބާއްވަމާތޯއެވެ. ބައެއް ބޭފުޅުން އުފަލުން 'ހެ ހެ ހެ' ވިދާޅުވިއިރު ބައެއް ބޭފުޅުންނަށް ކެންޑިޑޭޓާ ކެންޑިޑޭޓުގެ އަނބިކަނބަލުންގެ ހައިސިއްޔަތު އޮޅުނުހެންވެސް ހީވެގެންދިޔައެވެ.

މި ބިޔަ ބޮޑު ޖަލްސާގައި ޕީޕީއެމް ގެ ކެންޑިޑޭޓު ދެއްކެވި ވާހަކަފުޅަށް ބައްލަވާލަމާތޯއެވެ. އަޅުގަނޑަކީ ޒުވާނަކީމެވެ. އަޅުގަނޑު އުޅެނީ މާލެގައެވެ. އުމުރުން 30 އަހަރުގެ އަންހެނަކީމެވެ. އެހެންވީމާ، ޒުވާނެއްގެ ހައިސިއްޔަތުން އަދި އަންހެނެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ހުރި ކަންތައްތަކަކީ ކޮބާތޯ ހަމަ ކޮންމެހެން ބަލާލަން ބޭނުންވެއްޖެއެވެ. ވާހަކަފުޅު ފެއްޓެވީ 'ރައީސް ޔާމިނަށް ރައްޔިތުންގެ ހާލަތު އިނގޭ' ކަމަށް ބުނަމުންނެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެލައްވާ ފަރާތަކަށް ވޯޓު ދިނުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ.

ޒުވާނުންނަށް އަމާޒުކޮށް ދެއްކެވި ވާހަކަފުޅުގައި ޒުވާނުން ކޮންކަމެއްތޯ ބޭނުންވަނީ ސުވާލުކުރައްވާ އަމިއްލަފުޅަށް ދެއްވި ޖަވާބުގައި ވިދާޅުވީ 'ކައިވެނީގެ ކުރިންވެސް ކޮންމެ ޒުވާން ފިރިހެން ކުއްޖަކު ގަރލްފްރެންޑަށް މޮބައިލްފޯނެއް ހޯދައިދޭންބޭނުންވާ' ވާހަކައެވެ. މިއީ ހަމަ ޔަގީނުންވެސް އަޅުގަނޑު ބޭނުންވާ ކަމެއްނޫނެވެ. އަޅުގަނޑަކީ އަމިއްލަ އަތުން މަސައްކަތްކޮށް ކައިބޮއި އުޅޭ މީހަކީމެވެ. ބޯއިފްރެންޑް ފޯނެއް ގަނެދިނުމަކަށް އަޅުގަނޑެއް ނޭދެމެވެ. މެޓީރިއަލިޒަމް ނުވަތަ މާދިއްޔަތުގެ ވިސްނުމުން ވިސްނާއިރު މިއީ ޒުވާނުންނަށް ލިބޭ އެންމެ އަގުބޮޑު އެކައްޗަށް ވެދާނެއެވެ. އެހެންނަމަވެސް މިއީ ޒުވާނުންގެ ދިރިއުޅުމުގެ ފެންވަރު ހާދަ ދަށް ހާލަތެކޭ އަޅުގަނޑުގެ ހިތައްއެރިއެވެ. ފަހަރެއްގައި ދިވެހި ޒުވާން އަންހެންކުދިންނަށް ފޯނެއް ގަނެވޭނެ ފެންވަރު ނެތީކަމަށްވެދާނެ ކަންނޭންގެއެވެ.

ހަމަ އެ ޖުމްލައާއި ވިއްދާފައި ވިދާޅުވި ވާހަކައަކީ 'މިއޮށް ގަރލްފްރެން ކަޓަނީ. އެހެން މީހަކު މިއޮއް އޮފަރ ކުރަނީ މޮބައިލް ފޯން'. މިއިން އަޅުގަނޑާއި އަދި އަޅުގަނޑަށް މިވާހަކަ ހިއްސާކޮށްލެވުނު އަޅުގަނޑުމުގެ އުމުރު ފުރައިގެ ޒުވާނުންނަށް ދޭހަވި މާނައަކީ ފޯނެއް ނުދެވިގެން ގަރލްފްރެންޑް ނުވަތަ ބޮއިފްރެންޑް ކަޓަންޏާ، މި ގުޅުމުގެ އަގަކީ ގާތްގަނޑަކަށް އެންމެ މައްޗަށްވެސް 20،000 ރުފިޔާ ނޫންތޯއެވެ. މިއީ ޒުވާނުން ބޭނުންވާ ކަންތައްތައް ދެނެލައްވާ ފަރާތެއް ޒުވާނެއްގެ އަގު ވަޒަންކުރާނެ މިންވަރުތޯއެވެ.

ދެން ވިދާޅުވީ 'ކޮންމެ ޒުވާން ފިރިހެން ކުއްޖަކު ބޭނުންވަނީ މާލޭގެ ކާރޯ ބާރު ބޮޑު ތަނުން ނިކުމު، ހުޅުމާލެ ބްރިޖްމަތިން ދުއްވާލާފައި، ގާރލްފްރެންޑް ފަހަތަށްލައިގެން ކޮފީ ބޯން ދާން' ކަމަށެވެ. މި ވާހަކަ ދެންނެވުމުން އަޅުގަނޑު ވަރަށް ދެރަވިއެވެ. އަޅުގަނޑަކީ އަމިއްލައަށް ސައިކަލްދުއްވާ މީހަކީމެވެ. ކޮންމެހެން މީހަކު އަޅުގަނޑު ސައިކަލަކަށް އަރުވައިގެން ނުދިޔަކަމުގައިވިޔަސް ހުޅުމާލެއަށްދާން ބޭނުންވެއްޖެއްޔާ ދެވިދާނެ ނޫންތޯއެވެ. ހަމަ ޔަގީނުންވެސް ރާއްޖޭގެ ހާލަތު ދެނެވަޑައިގަންނަވާ ފަރާތެއްނަމަ މިއަދު މި ކާރޯ ބާރު ބޮޑު މާލޭގައި އަންހެން ކުދިން ސައިކަލު ދުއްވާ މިންވަރުވެސް މަދު ނުވާނެކަން ދެނެލައްވަންވާނެ ނޫންތޯއެވެ. އަދި ޒުވާނުން ބޭނުންވާ ކަމަކީ ކޮފީ ބޯލުން ހާ ތިލަ ނަމަ އަޅުގަނޑުމެން ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން މިކުރަނީ ކީއްބާވައޭ ހިތައްއެރިއެވެ.

'ޒުވާނުންނަށް ރެންޓަށް އާމްދަނީ އަށް ރުފިޔާ ނުލިބުން ނަމަވެސް ކޮންމެ ޒުވާން ފިރިހެން ކުއްޖަކު އެބަ ބޭނުންވޭ އޭނަގެ ގަރލްފްރެންޑަށް ތިއްތި ދައްކާލަން'. ދެން ވިދާޅުވީ މި ވާހަކައެވެ. ދެން އުފެދުނީ ސުވާލެކެވެ. އަމިއްލައަށް ދިރިއުޅޭތަނަށް ކުލި ނުދެއްކިގެން އުޅޭއިރު ތިއްތި ދައްކަން އުޅޭ ވިސްނުމުގެ ޒުވާނުން ތަރުބިއްޔަތު ކުރި ބަޔަކާ، އެ ތަރުބިއްޔަތުގައި ހިއްސާވި ބަޔަކަށް ޒުވާނުން ބޭނުންވާ ކަންތައްތައް ހަމަޖައްސަން ދިނުމުން، މި ކޮށި ވިސްނުމާ ފިކުރުން ދުރުވާނެ ޒުވާނަކު އުޅޭނެބާވައެވެ. އަދި މި މާއްދިއްޔަތުގެ އަވައިގައިޖެހި ފޯނަކާ، ސައިކަލަކާ، ކޮފީއަކާ ލިބުމުން ޒުވާނުން ފުދިފައި ތިބޭ ކަމަށް ދެކޭ ފަރާތްތަކަށް ވެރިކަން ހަވާލުކުރުން އެއީ ހަމަ ޒުވާނުން ބޭނުންވާގޮތްބާވައެވެ.

ރޭގެ ޖަލްސާގެ ވާހަކަކޮޅު ނިންމާލަމުން ޕީޕީއެމްކެ ކެންޑިޑޭޓު ވިދާޅުވީ 'އަޅުގަނޑުގެ މެސެޖް ކޮންގޮތަކަށް ކިޔައިނުދެވޭތީތޯ ދިވެހި ރައްޔިތުންނަށް ސާފު ނުވަނީ' މިހެންނެވެ. އަޅުގަނޑު ހިތުން ކިޔައިނުދެއްވެނީއެއް ނޫނެވެ. މެސެޖް ކިޔައިދެއްވައެވެ. ނަމަވެސް މެސެޖްގައި ވިދާޅުވާ އެއްޗެއް އަޅުގަނޑުމެންނަށް ސާފުވާތީ އެގޮތް އެއީ އެއްމެ ރަނގަޅުގޮތްތޯ ހަމަ ސުވާލު އުފެދެނީއެވެ.
ހިޔާލު

އެންމެ

އެއްމެ އެއް ނޫން. ރަނގަޅު ގޮތަކީ އެންމެ

ރެކިފުތާ

މީނާ އެބުނަނީ ބޯއިފްރެންޑް ވައްކަންކުރާށޭ. ނޫނީ ގާލްފްރެންޑް ފޯނަކަށް ކޮންމެ ކަމެއްވެސް ކޮށްފާނޭ. ކޮންމެއަކަސް މީނާ މިބުނީ ވަރަށް ބޮޑު ތެދެއް. މިހާރު ގިނަ އަންހެންކުދިންނަކީ މެޓިރިއަލިސްޓް ކުދިން. މިއީ ގައުމު ފަގީރު ވަމުންދާކަމުގެ ހެކި. މުއްސަދިންނާއި ފަގީރުންގެ ފަރަގު ބޮޑުވެފައިވާކަމުގެ ހެކި މިކަލޭގެއަށް ކިޔުނީ.

ކަމަނަ

ހެހެހެ ތިލިއުމުގައި އެވެސް ތާކުން ތާކުން ޖެހޭ ވާހަކައެއް ނެތް ހެހެ ހެހެ ހެހެ

ާަައެޑްވަައިޒާ

ވަރައް މޮޅު

abulho

ލޮލް ދެއްކެވި ވާހަކަ އެއްކޮށް އަޑުއެހިކަމާމެދު ސުވާލު އުފެދޭ، ރައީސް ވިދާޅުވީ ވަޒީފާ ފުރަތަމަ ހޯދައިދޭވަހަކަ، އަންހެނުން ބޯޑުތަކަށްލާ ބާރުކުރުވި ވާހަކަ ނީވޭތޯ؟

ލަކޫ

މިހާރު އެއާރޕޯޓް އަޅަނީ ބޭރުގެ ބޭންކަކުން ލޯނު ނަގައިގެން ޗައިނާ ކުންފުންޏަކާއި ހަވާލު ކޮށްގެން އެއާރޕޯޓް ޑިވުލޮޕްމެންޓު ފައިސާ ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން އެބަނަގާ! ދަރަނި މައްޗަށް ދަރަނި ޖީބު ފުރާ މީހުން ޖީބު ފުރާލަ !

ލަމްބޫ

"ކާރޯ ބާރު" އެއްނޫން. ރަނގަޅުގޮތަކީ "ކާރޫ ބާރޫ"