Kulhudhuffushee Airport Ah Test Flight Jahsaifi
image
ކުޅުދުއްފުށީގައި ޓެސްޓް ފްލައިޓް ޖައްސާފައި---
2 ކޮމެންޓް
 

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓުގައި ޓެސްޓް ޕްލައިޓް މިއަދު ޖައްސައިފިއެވެ.
ކާމިޔާބުކަމާއެކު އެ ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު 15:11 ހާއިރެވެ. ކުޅުދުއްފުށީ އެއާޕޯޓުގައި ޖެއްސި ފުރަތަމަ ޓެސްޓު ފްލައިޓުގައި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަނެފައިވާއިރު އެކަން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާ މަންޒަރު ބަލާލުމަށް ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

އަންނަ އާދިއްތަ ދުވަހުގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެ އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އެއް އޮވެއެވެ. ދައުލަތުގެ ބަޖެޓުން 53.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ އެއާޕޯޓުގެ ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދި ނޭނގެއެވެ.

ހިޔާލު

ފަޒާދު

ހެޔޮ ނުވާނެ ވޯޓުހޯދަން މުންޑުވެސް ބާލަފާނެ މިމީހުން...ބަލަ ޓެސްޓް ފްލައިޓް މީގެ ކުރިން ޖައްސަނީ އެއަރޕޯޓް ނިމި ކަންކަންވީމަ... ފްލައިޓް ޖެއްސި އިރު ޓަރމިނަލް އެއް ނެތް..ފްލައިޓުން ފައިބައިގެން ގޮސް އެންމެން ގޮސް އެވަނީ ރުއްގަނޑު ތެރެއަށް... ތީ ކުޅުދުއްފުށީ ރައްޔިތުންގެ މޫނުމަތީ ޖެހި އެތިފަހަރެއް... ތިޔަ ތަން ފުރިހަމަކޮށް އެއަރޕޯޓްގެ ސިފަ ޖައްސުވާ ތިޔަތަން ހުޅުވައިދެއްވާނީ ރައީސް އިބޫ

ފިރުޓޭ

މީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ޤަބޫލު ކުރާނެ ކަމެއް ނޫން! ޓޭސްޓް ފްލައިޓެއް، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއްވެސް ނެތީސް ތާރުގަނޑެއްގެ މައްޗަށް މަތިންދާބޯޓެއް ޖެއްސުމަކީ!