Mashooru Franchise Thakaa Eku Airport Ge Water Front Imaaraai Hulhuvaifi
image
މަޝްހޫރު ފްރެންޗައިޒް ތަކާއެކު އެއާޕޯޓްގެ ވޯޓަރ ފްރަންޓް އިމާރާތް ހުޅުވައިފި--
0 ކޮމެންޓް
 

މަޝްހޫރު ފްރެންޗައިޒް ތަކާއެކު އެއާޕޯޓްގެ ވޯޓަރ ފްރަންޓް އިމާރާތް ހުޅުވައިފި

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް އިމާރާތް ކުރިމަތީގައި އަލަށް ހެދި ވޯޓަރ ފްރަންޓް އިމާރާތް ހަތަރު ފްރެންޗައިޒް ރެސްޓޯރަންޓް އާއި އެކު ހުޅުވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮސްޓާ ކޮފީ އާއީ ހާވެސްޓް މާކެޓްގެ ފްރެންޗައިޒް އެކުލަވައިލައިގެން ވޯޓަރ ފްރަންޓް އިމާރާތް މިއަދު ހަވީރު ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. އޭގެ އިތުރުން އެއިމާރާތުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ ދެ ރެސްޓޯރަންޓް ވެސް ވަނީ ހުޅުވާފައެެވެ.

އެއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެ ކުންފުނީގެ ގިނަ މުވައްޒަދުން ވަނީ ބައިވެރިވެފައެވެ. އެރަސްމިއްޔާތުގައި އާދިލް ވާހަކަ ދައްކަވަމުން ވިދާޅުވީ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް އަންނަމުންދާ ތަރައްގީތަކުން ކުރިޔަށް އޮތް ތަނުގައި އެފަދަ ގިނަ ބްރޭންޑްތައް ފެންނާނެ ކަމަށެވެ.

މިއަހަރުގެ ތެރޭގައި މާލޭގައި ކޭއެފްސީގެ އައުޓްލެޓަކާއި ޕިއްޒާ ހާޓްގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ. އަދި މިފަދަ ފާސްޓް ފުޑް ރެސްޓޯރަންޓް ތަކަށް ދިވެހިންގެ ތަރުހީބު ބޮޑުކަމަށް ގިނަ ބަޔަކު ބުނެއެވެ. ހަމަ އެގޮތުން ކޮސްޓާ ކޮފީ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ މަޝްހޫރު ބްރޭންޑް އެވެ. އޭގެ އިތުރުން ހާވެސްޓް މާކެޓަކީ ތަފާތު ކާބޯ ތަކެތި ލިބެން ހުންނަ ކެލިފޯނިއާގެ ބޮޑު ސުޕަމާޓް އެކެވެ.

ހިޔާލު