Dhiri Ulhun Binaa Kuran Vaanee Massakai Kohgen Libey Aamdhanee ehge Mahchah!
image
ލޯކަލް މާރުކޭޓް..
އިބްރާހިމް އާތިފް ޝަކޫރު
4 ކޮމެންޓް
 

ދިރިއުޅުން ބިނާކުރަންވާނީ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީގެ މައްޗަށް!

އަޅުގަނޑުމެން ކޮންމެމީހަކުމެ އެންމެ އުންމީދާއެކު ދެކެން ބޭނުންދުވަހަކީ ޤައުމީ އިޤްތިޞާދަށާއި ޢާއިލީ ފުއްދުންތެރިކަމަށް ހިއްސާ ކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންގެ ދަރިން ވުމެވެ. ހީވާގި ކަމާއި ސާބިތު ކަމާއެކު މަސައްކަތް ތެރިންންގެ ގޮތުގައި ޙަރަކާތްކުރާތަން ދުށުމެވެ. ތިމާއަށް ލިބޭ މިންވަރުން ދެކޮޅުޖައްސާ ހިތްވަރުގަދަ ހިތްމަތްތެރިންނަށް ވުމަށެވެ.
މިއަދުގެ ޒުވާނުން، އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި މިފަދަ ތަރުބިއްޔަތެއް އަށަގަންނެވުމަށް އަޅުގަނޑުމެން ބޭނުންނަމަ، މިކަމަށް އަކަށޭނަ ރަނގަޅު ފިޔަވަޅުތަކެއް ކުރިޔާލާ އަޅަންޖެހެއެވެ. ސްކޫލްދައުރުން ފެށިގެން އެކުދިންނަށް ދެވޭ ތަރުބިއްޔަތުގެ އެއްބައި ކަމުގައި މިފިލާވަޅުތައް ހިމެނެން ޖެހެއެވެ. މަސައްކަތް ކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމުގެ ވާހަކަ، އެކަމުގެ ޚިޔާލާތު، ޅަފަތުން ފެށިގެން އެކުދިންނަށް އަންގައިދިނުމަށް ފަށަން ޖެހެއެވެ.

ކުރާ މަސައްކަތުން ލިބޭ ރޯދީގެ ނިޢުމަތް ބޮޑުވާނެކަން ބުނެދީ، މަސައްކަތްތެރި އުފެއްދުންތެރިންނަށް ވުމަށް ހިތްވަރުދީ އެފަދަ ވިސްނުންތަކެއް އެކުދިންގެ ޅަސިކުނޑިތަކަށް އުގަންނައިދޭންފަށަން ޖެހެއެވެ. ރަސްމީ ތަޢްލީމްގެ މުޤައްރަރުގައި ހިމެނިގެންނެވެ. ބޮޑެތި މީހުންނާއި ކަމުވޮށިގެންވާ ފަރާތްތަކުގެ ތަޤްރީރުތަކުންނެވެ. ލިޔެވިފައިވާ މަޒްމޫންތަކުންނާއި ކުޅެވޭ ޑްރާމާ ތަކާއި ފިލްމްތަކުންނެވެ. އެހެނީ ޅަފަތުގައި ދެވޭ ތަރުބިއްޔަތާއި ބުނެދެވޭ ތަކެއްޗާއި، ދަސްކޮށްދެވޭ ފިލާވަޅުތަކުގެ މައްޗަށްމެނުވީ ދިރިއުޅުން ބިނާވެގެންނެއް ނުދާނެއެވެ.

މިފަދަ އިޤްތިޞާދީ ތަރުބިއްޔަތެއްގެ ތެރެއިން ޒުވާން ދައުރު ފުރިހަމަ ކުރާ ޖީލު، ދިރުއުޅުމުގައި ދިމާވާނޭ ހުރަސްތަކާއި ކުރިމަތިލާނީ ކެރިގެންނެވެ. ހިތްވަރާއެކުގައެވެ. ދިރުއުޅެ، އާމްދަނީ އެއް ހޯދައި، އެއާމްދަނީއިން ޢާއިލާއެއް ބިނާކޮށް، ލޯބިން ބަލައި ބޮޑުކުރި މައިންބަފައިންގެ މުސްކުޅިދުވަހުގައި އެމީހުންނަށް އިޙްތިރާމާއި އަޅާލުން ދޭނީ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއިންނެވެ.

ޤައުމީ ޢިޤްތިޞާދުގެ ވާހަކަދެއްކުމުގައިވެސް އަމިއްލައަށް ވަޒީފާ އަދާކޮށް އާމްދަނީ ހޯދުމުގެ މުހިންމުކަން ބޮޑެވެ. ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު؛ ޖީ.ޑީ.ޕީ. ހިސާބު ކުރަނީ ޕެއިޑް އައުޓްޕުޓް ނުވަތަ އުޖޫރަ ލިބޭ ގޮތަށް އުފައްދާ ވިއްކާ މުދަލަށް ލިބޭ އާމްދަނީއާއި ފޯރުކޮށްދޭ ޚިދްމަތަށް ލިބޭ އުޖޫރައިންނެވެ. އެކަކަށް ލިބޭ މުސާރައިން ނުވަތަ އާމްދަނީ ބަދަލުކޮށް އަނެކަކު ޚަރަދު ކުރުމަކުން ޤައުމީ އިޤްތިޞާދުގިނަވެ، ގުނައެއް ނުވެއެވެ. އެކަކު އޮތުގަ އޮންނަ މުދާ އަނެކަކު ވިއްކުމަކުން ޖުމްލަ އާމްދަނީ އިތުރެއް ނުވެއެވެ.

އެހެންކަމުން ޤައުމީ ނިސްބަތުން، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް ބޭނުމީ ގިނަ މީހުން ގިނަމަަސަައްކަތުގައި ގިނައިރުއުޅެ، އާމްދަނީ ގިނަގިނައިން ހޯދުމެވެ. ބުނެކިޔާ އާދޭސްކޮށްގެން އަނެކާގެ އާމްދަނީއިން ޚަރަދުކުރުމަކީ އަމިއްލަ ހައިސިއްޔަތުގެ ފަގީރުކަން ދައްކައިދޭ ކަމެކެވެ. އަދި ޖުމްލަކޮށް ޤައުމީ އިޤްތިޞާދަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބޭނޭ ކަމެއް ނޫނެވެ.
ހިޔާލު

މަ

ބެގް ބޮރޯ ސްޓީލް

ޖިލޭބީ

އަސްލު ކުރިން އޮންނަގޮތަށް ވަކި ގުރޭޑަކުން ފެށިގެން ވާރކް އެކްސްޕީރިއެންސްއޭ ކިޔާފަ ވަކި މާއްދާއެއް ހަދަންވީ. އެކުއްޖަކު ބޭނުން ވަޒީފާއަކު ޕާރޓް ޓައިމްކޮށް އަދާކުރެވޭގޮތަށް. އޭރުން ސްކޫލް ނިމެންވާއިރަށް ވާރކް އެންވަޔަމެންޓަށް ކޮންމެވެސް ވަރަކަށް ހޭނިފަ ހުންނާނީ. އަދި އޭނާ ޝައުގު އިތްނަމަ އޮތްކަން ނުވަތަ ނެތްކަންވެސް. އަދި ފްރީލޭންސްކޮށް މަސައްކަތް ކުރަންބޭނުންވާ ކުދިންނަށްވެސް އެފުރުސަތު އިންނަންވާނެ. އަދި އަމިއްލައަށް ފައިސާ މެނޭޖު ކުރަން ދަސްކޮށްދެންވާނެ. ޓައިންމް އެކަންޏެއްނުން މެނޭޖު ކުރަން ދަސްކުރަންވީކީ.

ހައްވަ

ތަރުބިއްޔަތު ކުރަންވީ ވަޒީފާދޜ ފަރާތްތަށް. ދެކޮޅު ނުޖެހޭ ވަރުގެ މުސާރައެެއް ދީގެން އަޅުމަސައްކަތް ކުރުވައިގެން މުއްސަދިވުމަކީ ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމެއްކަން އެގެން ޖެހޭ.

ރައްޔިތުން

ރައީސް މީހާ އެހެގެން އެދަނީ ވައްކަން ކުރުމަށް ހިއްވަރު ދެމުން ވައްކަން ކުރުން އާންމުކުރެވޭތޯ. އޭނާ އަށް ދައްނަވާލަން ބޭނުންވަނީ މި އިއޮތް އިސްލާމީ ރިވެތި އާދަދަތައް ފޫއަޅުވަނިވި ވާހަކަ ނުދައްކައި މަޑުން ހުންނާށޭ. ރައްޔިތުން އޭގެ ޖަވާބު ވީޓްދޭނެޔޭ.