Umurun 5 Aharuge Mausoom Farheen ah Ehee eh Vedhehvaa!
image
މަރްޔަމް ފަރުހީން--
0 ކޮމެންޓް
 

އުމުރުން 5 އަހަރުގެ މައުސޫމް ފަރުހީނަށް އެހީއެއް ވެދެއްވާ!

ދަރިފުޅު ބަލިވެ، އެކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ މައިންބަފައިންނަށް ހިތްދަތި އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އުމުރުން ފަސް އަހަރުގެ މަރްޔަމް ފަރުހީން އަކީ ހެދިބޮޑުވުމުގެ މައްސަލަ ހުރި ކުއްޖަކަށްވާތީ ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ވީއެފްޕީއަށް މައުލޫމާތު ދެމުން މަރްޔަމް ފަރުހީންގެ މަންމަ އައިމިނަތު ނަސްވާ ބުނި ގޮތުގައި ފަރުހީންގެ އުމުރުން 12 އަހަރު ވަންދެން ދުވާލަކު އިންޖެކްޝަނެއް ޖަހަންޖެހެއެވެ. އެކަމަށް ބޮޑު ހަރަދެއް ހިނގާއިރު ނަސްވާ ބުނި ގޮތުގައި އިންޖެކްޝަން ޖަހަން ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

"އެކަމަށް މަހަކު 12،000 ރުފިޔާ ހަރަދުވޭ. އަހަރަކު ދެ ފަހަރު އިންޑިއާގެ ކިމްސް އިން ހަދަންޖެހޭ ޓެސްޓްތަކެއް ހަދަން އިންޑިއާއަށް ދާންޖެހޭ" އައިމިނަތު ނަސްވާ ބުންޏެވެ.

މަރްޔަމް ފަރުހީނަކީ ލ. ފޮނަދޫ އަށް ނިސްބަތްވާ އައިމިނަތު ނަސްވާ އާއި ފިރިމީހާ މުހައްމަދު ރަޝީދުގެ ދަރިފުޅެވެ. ފަރުހީނުގެ އެއްބަނޑު އަދި އެއްބަފާ ޖުމްލަ ހަތް މެންބަރުން ތިބެއެވެ.

ފަރުހީންގެ ސިއްހީ ހާލަތު ހުރި ގޮތުން މިހާރު ސްކޫލަށްވެސް ނުދެވޭ ކަމަށް ނަސްވާ ބުންޏެވެ.

"ހިނގަ ހިނގާ ހުއްޓާ ވާޅުވަނީ. އެހެންވެ އުރައިގެން އުޅެން ޖެހެނީ. އެހެންވެ ސްކޫލަށްވެސް ނުދެވޭ" ނަސްވާ ބުންޏެވެ.

އިންޖެކްޝަންގެ އިތުރުން ފަރުހީނަށް މިހާރު ދެމުންދާ ބޭހަށް މަހަކު 4،000 ރުފިޔާ ހަރަދުވާ ކަަމަށް ނަސްވާ ބުންޏެވެ.
ފަރުހީނާއެކު މިވަގުތު ހުޅުމާލޭގައި ހުރި ނަސްވާ ވީއެފްޕީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ފަރުހީނަށް ފަރުވާކޮށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ތިން މަހުން އެއް މަހު މާޅެ އަންނަން ޖެހެއެވެ.

ފަރުހީނަށް ބޭނުންވާ ބޭހާއި އިންޖެކްޝަން އަދި ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް އަހަރަކު ދެ ފަހަރު އިންޑިއާއަށް ދާންޖެހޭއިރު އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ނަސްވާ ބުންޏެވެ.

މަރްޔަމް ފަރުހީނަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

އައިމިނަތު ނަސްވާ (ފަރުހީންގެ މަންމަ) 7393095
ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7730000190827

ނޯޓް: ވީއެފްޕީ އެހީގެ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެ އާއިލާއާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު