Naruhunge Thamareenu Kurumuge Programme aa Gulhigen ihumaalu vefaivaakamuge Shakuvaathah
image
ނަރުހުންނަށް ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
5 ކޮމެންޓް
 

ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި ގުޅިގެން އިހުމާލުވެފައިވާކަމުގެ ޝަކުވާތައް

ޓިވެޓް އޮތޯރިޓީއާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން 500 ނަރުހުން ތަމްރީނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށާއިފައިވާ ޕްރޮގްރާމާއި ގުޅިގެން އެމްއެންޔޫއިން އިހުމާލުވެފައިވާކަމުގެ ޝަކުވާތައް ބައިވެރިން ކޮށްފިއެވެ.
ވީއެފްޕީ އާ ވާހަކަ ދައްކަމުން އެޕްރޮގުރާމުގެ ބައިވެރިއަކު ބުނީ އެޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަތޮޅުތަކުގެ ތިބެގެން ކިޔެވޭނެހެން އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ކޯހުގެ މެދުތެރެއިން ކޯހުގެ ބައިވެރިންނަށް ޖެހުނީ ތޭވިސް ހާސް ރުފިޔާގެ ލޯނެއް ނަގައި ތަމްރީނުތައް ހޯދުމަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ އެސްޔޫޓީ ހޮސްޕިޓަލުން ދާން ކަމަށެވެ.

އިންޑިއާގައި ކުރިއަށް ދިޔަ ތަމްރީނުތައް ނިމުމަށްފަހު ކޯސް ނިމުނު ކަމުގެ ސެޓެފިކެޓް ހިފައިގެން މާލެ އައުމުން އިތުރު ޓެސްޓެއް ހަދަން ޖެހުނު ކަމަށް ވެސް ޕްރޮގުރާމުގެ ބައިވެރިއަކު ވަނީ ބުނެފައެވެ. އަދި ޓެސްޓަށް ތައްޔާރު ވުމުގެ ގޮތުން ބައިވެރިން މާލެ އައިސް އަނެއްކާ ވެސް ކިޔަވަން ޖެހުނު ކަމަށް ބުނެއެވެ. ނަމަވެސް ބައިވެރިން ބުނިގޮތުގައި ގިނަ ފަހަރު އެގަޑިތަކުގައި ލެކްޗަރުން ކިޔަވައިދޭން ނާންނަ ކަމަށާއި އަދި ކިޔަވާދޭއިރު ވެސް އެކިލެކްޗަރުން ކިޔަވައިދެނީ އެކި ގޮތަށް ކަމަށްވެސް ބައިވެރިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ގިނަ ކުދިން ވަނީ ފެއިލް ވެފައި ކަމަށް ބައިވެރިއަކު ވަނީ ބުނެފައެވެ.

އެއަށްފަހު އަނެއްކާވެސް އައިޖީއެމްއެޗަށް ކްލިނިކަލް އަށް ދާން އަންގާފައިވާކަމަށާއި އޭގެ ސަބަބުން ގިނަ ބައިވެރިންނަށް އުނދަގޫތަކާ ކުރިމަތިވެފައި ކަމަށް ވީއެފްޕީ އާ ވާހަކަ ދައްކަމުން ބައިވެރިއަކު ބުނެއެވެ. ބައިވެރިން ބުނިގޮތުގައި އެކޯހުގައި ބައިވެރިވި އިރު އިންޑިއާއަށް ގޮސް، ރާއްޖެ އައިސް ޓެސްޓުތައް ހަދައި، އައިޖީއެމްއެޗްއަށް ވެސް ދާންޖެހޭކަމުގެ އެއްވެސް މައުލޫމާތެއް އެމްއެންޔޫއިން ކުރިން ނުދޭކަމަށެވެ. އަދި އެއީ އެއްވެސް އިންސާފުވެރިކަމާއެކު ކުރިކަމެއް ނޫންކަމަށް ވެސް ބައިވެރިން ވަނީ ބުނެފައެވެ.

ބައިވެރިން ބުނިގޮތުގައި އެކަމާ ގުޅިގެން އެމްއެންޔޫއަށް ޝަކުވާ ހުށައެޅި ނަމަވެސް އެމްއެންޔޫއިން އެޝަކުވާތަކަށް އެހާ އިސްކަން ނުދެއެވެ. އެކަމާ ގުޅިގެން އެމްއެންޔޫގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
ނަރުހުން އެމްއެންޔޫ
ހިޔާލު

ރަހީމާ

ކޮންމެ މީހަކަށް ވެސް އެނގޭނެ، ކުއްޖަކު ވިހާނީ ގަރުބަގަންނަތާ ނުވަމަހާއި ނުވަދުވަސް ފަހުން ކަން. ވަންނަ ކުދިންގެ ފެންވަރަށް ނުބަލައި، ކަނޑައެޅިފައިވާ 60 ހަފުތާގައި ނުކިޔައިދީ، އަދި ކިޔަވައިދިނުމުގައި އިހުމާލުވެ، ޕްރޮސީޖަރތަކަށް ފަރިތަނުވަނީސް، ދަސްވަރުން ދަސްވެނިކުރުމުން އެކުދިންނަކަށް މުޤައްރަރުގައިވާ މިންވަރެއް ދަހެއް ނުވާނެ. މިކަމުގެ ނަތީޖާ ނުކުންނާނީ އަހަރުތަކެއްގެ ފަހުން. ވަޒީފާގެ ވާޖިބުތައް އަދާކުރަން ދަރިވަރުން ނުކުޅެދުންވެރިވުމުން.... ބަލިމީހުންނަށް އިހުމާލުވެ.... ބައެއް މީހުން މަރުވުމުން. ހެލްތު ދާއިރާއަކީ ފެންވަރު ހިފަހައްޓަން ޖެހޭ ދާއިރާއެއް. މިފަދަ އަނެއް ނުރައްކާތެރިކަމަކީ މުދައްރިސުން ބަކެޓް މޯޑުން ކިޔަވައިދީގެން ނެރޭކަން. މިކަމުގެ ނޭދެވޭ އަސަރުވެސް އެހާ ބޮޑުވާނެ.
ނަރުސްކަމަކީ، މީގެ ކުރިން ވަރަށް ފެންވަރު ރަނގަޅަށް ދެމުން އައި ތަމްރީނެއް. މިހާރު މިކަންވަނީ ބޮޑުގުޅައަށް ވެފައި. ފެންވަރު ހިފެހެއްޓުމަކީ އެބައެއްގެ މަސްއޫލިއްޔަތަށްވާ ނާރސިން ކައުންސިލްވަނީ ސިޔާސީ ނުފޫޒުން ބަނދެވިފައި.

ހަސަނު

ތެދު ވާހަކަ ތަކެއް
ގިނަކުދިން ތިބީ ކެެރިއަރ ބަދަލު ކުރާ ހިސާބުގައި

ބާނި

އެއީ ރައީސް ޔާމީނު ރައްޔިތުންނަށް ދޭ އަނިޔަ އެހެންވީމަ 23 ވަނަދުވަހު ވޯޓުން ބަލިކޮށް މިއަނިޔާވެރިކަން ނިންމަންވީ އެއިރުުން އިއްތިޙާދުގެ ވެރިކަމެއްގައި ހުރިހާކުދިންނަށް ވަޒީފާ ގެރެންޓީ ވާނެ އަދި ކިއެވުންވެސް ފުރިހަމަވެ މުސާރަވެސް ރަނގަޅުވާނެ

ޥގފދގގ

ޙަމަ އެންމެ ބައެއްގެ ވާހަކަ ތި. ޑިޕްލޮމާ ކުދިން އަދިވެސް ތިހާލުގަ.

ބެލެނިވެރިއެއް

ޢެކުދިން ގެ އުމުރުން ގެއްލުނު 2އަހަރު. ހިލޭ ކިޔެވޭ ކޯހެއްކަމަށް ބުނެ ބައިވެރިކޮށް، 25 ހާސްރުފިޔާ ގެ ލޯނެއްގެ އިތުރުން ދަރިވަުން ބޮޑުހޭދައެއް ކުރަންޖެހުނު. ލިބުނުފާސް މެޑިކަލް ބޯޑު، ޢެކުރެޑިޓޭސަން ޤަބޫލްނުކުރެ! ބޮޑު ޖަރީމާއެއް! ވަޒީފާ ދޭނެކަމަށާ ލޯނުދައްކަން ޖެހޭނީ އޭގެ ފަހުންކަމަށް ބުނެ، މިހާރު ލޯނަށްވެސް ކަނޑަންފަށައިފި! ޙުސްދޮގުހެދީ