Jailam maraali Massalaagai Hayyaru Kuri 3 Meehaku Dhookollaifi
image
ޖައިލަމް އަހުމަދު ޝާކިރު---
7 ކޮމެންޓް
 

ޖައިލަމް މަރާލި މައްސަލާގައި ހައްޔަރު ކުރި ތިން މީހަކު ކުއްލިއަކަށް ދޫކޮށްލައިފި

ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލާގައި ހައްޔަރުކޮށް ދައުވާ ކުރަމުން ދިޔަ ތިން މީހަކު ކުއްލިއަކަށް ބަންދުން ދޫކޮށްލައިފިއެވެ.
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލައާއި ގުޅިގެން ކުރިން ތާވަލުކޮށްފައި ނުވާ އަޑުއެހުމެއް ކުއްލިއަކަށް މިއަދަށް ތާވަލުކޮށް ބޭއްވުމަށްފަހު އެ އަޑުއެހުމުގައެވެ.

2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ދަރުބާރުގެކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި މާރާމާރީ ހިންގާ 12 ތަނަކަށް ވަޅި ޖަހާފައިވެއެވެ.

ޖައިލަމް މަރާލި މައްސަލާގައި އެ ތިން މީހުން ކޯޓުން މިއަދު ކުއްލިއަކަށް ދޫކޮށްލި އިރު އެ މައްސަލާގައި ވަނީ ހެކިންގެ ހެކި ބަސް ވެސް ނަގާފައެވެ.

އެ މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެއީ ގއ. ވިލިނގިލި، ފިޔަޖަހާގެ މުހައްމަދު ހުމައިދެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާއެވެ.
ހިޔާލު

ޒިޔާ

މީނައެބަ ކިޔައޭ މަރަންމަރުހިފާނަމޭ

ޥާވާ

ޔަގީނޭ ޔަގީނޭ 18 ޔަގީނޭ....ޝުކުރިއްޔާ ރައީސް... ޖަރީމާ ތަރައްގީ ރައީސް

ލީމަން ޒާހިރު

މީ ކިހާ ބިރުވެރި ކަމެއް ތޯ... މީހުން މަރާ ކަމަށް ބެލެވޭ ތުހުމަތު ކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެންގޮސް

ވޯޓުލާދުވަހާ ދިމާކޮށް ދޫކޮށްލަނީ..

މީ އަނެއްކާ މީހުން މެރުމަށް ހިއްވަރު ދެނީ ނޫންބާ....

މުޖުރިމް

މުޖުރިމުން ތިބެންޖެހޭނީ މިނިވަންކަމުގަ ތެދުވެރިނ ތިބެންޖެހޭނީ ކުޑަގޮޅީގަ މުޖުރިމުން ބަންދުން ދޫކޮށްގެންތާ ވޯޓު ލާދުވަހު ނުވަތަ ވޯޓު ކަިރިވީމަ މާރާމާރީ ހިނގައި ޤައުމު ހަލަނބޮލިކޮށް ބިރުވެރި ނާމާންތަނަކަށް ޤައުމު ހަދާފަ ވޯޓު އޮޅުވާލައި ނުވަތަ ވޯލާނެ މާހައުލެއް ނެޔްކަމަށްބުނެ ކޯޓު މެދުވެރިކޮށް ޔާމީނަށް ވެރިކަމުގަ ހުރެވޭނީ މީ ހުރިހާވެސް ރޭވުމަކީ އެކަމަކު ދިވެހިން މިކަމަށް ހޭއަރާ ތިބެންވާނީ

ބާނި

މިހެންވެ 23 ގަ ނިކުމެ ނިންމަންޖެހެނީ، މިފަހަރު ނިމޭނެ އިންޝާﷲ، އަދި އޭގެފަހުގައި ޝަރިއަޔތްތައް ފެށޭނެވެސްމެ އިންޝާފ

ދަތްއަދުރޭ

ޕްލޭނުގަ އޮތީ ޔާމީނު ބަލިވިއްޔާ ގޭންގް ނެރެގެން މާލޭ ތެރޭގައި ހަމަ ނުޖެހުން ހިންގާ ރައްޔިތުންނަށް ބިރު ދެއްކުން. މި ޕްލޭންވެސް ކާމިޔާބެއް ނުވާނެ

ކޮބަޑި

ވޯޓަށް ދޫކޮށްލީދޯ...ދެން ކޮން ދީނެކޭތަ މިމީހުން މިކިޔަނީ، ދިވެހިންނޭ ހޭއަރާ، ބޮޑެތި ކުއްތަކުގެ މުޖުރިމުން އެހެރަ މިނިވަންކުރަނީ މަދު ވޯޓުކޮޅެއްގެ ދަހިވެތިކަމު، މީ އަދުލު އިންސާފު ހުރިވަރު މިޤައުމުގަ.