Meehakah aniyaaverivaairu qaanoon araa hamakuraanekan dhanan jehey: Raees
image
ރައީސް ޔާމީން ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ
9 ކޮމެންޓް
 

މީހަކަށް އަނިޔާވެރިވާއިރު ގާނޫނުއަރާ ހަމަކުރާނެކަން ދަންނަން ޖެހޭ: ރައީސް

މީހަކަށް އަނިޔާވެރިވާއިރު ޤާނޫނުއަރާ ހަމަކުރާނެކަން ދަންނަން ޖެހޭކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ހަމައެކަނި ރަންވޭއެއް އަޅާފައިވާ ކުޅުދުއްފުށީ ރަންވޭ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާސީ ގޮތުން ޖަލަށް ލެވިފައިވާ ބޭފުޅުންނަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން ޖަލަށް ވަޑައިގަންނަވަން ޖެހުނު ސަބަބު އެނގެން ޖެހޭ ކަމުގައެވެ. އަދި އެބޭފުޅުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ރައީސް ޔާމީނަށް އަނިޔާވެރިވުމަށް މަސައްކަތް ކުރެއްވުންކަމަށް ރައީސް ވަނީ އިޝާރާތް ކުރައްވާފައެވެ.

ރައީސްޔާމީން ވިދާޅުވީ ވެރިކަން ނިންމުމަށް "ހަންޖަރު ހެރުމަށް" ހުރިހާ ދިމާލަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެންމެ ގާތުންނާއި އާއިލާގެ ތެރެއިންވެސް އަނިޔާ ދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖަލަށް ލެވިފައިވާ ބޭފުޅުންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން ޖަލަށް ލެވުމުން އެބޭފުޅުންގެ އާއިލާތަކުން ރޮމުން ގެންދާކަމަށާއި ނަމަވެސް އެބޭފުޅުން ބޭނުވާގޮތަށް ކަންކަމުގެ ނަތީޖާ ނިކުތްނަމަ މުޅިގައުމު ރޯނެކަމަށާއި އެކަންކަމުގެ ފަހަތުގައި އިސްބޭފުޅުން ތިއްބެވުމަކީ ހިތާމަކުރައްވާ ކަމުގައެވެ.

ހިޔާލު

ލަދު

ޤާނޫނު އަސާސީ ފުޑާލާ ޑިކްޓޭޓާރ ހެދިގެން ތިއުޅެނީ ތިމާޔަށް ތިމާ ފެނިގެން ތިއުޅެނީ ! ރައްޔިތުންގެ ދުވަސް 23 ނޫނެކޭ ބުނާނެ !

ޢަގުލް

ތިބުނާ ކަހަލަ ކަމެއްގަ ހުކުމެއް ކޮއްފަ ހުރި މީހަކު ޖަލުގަ އެބަހުރިތަ؟ ފޯނެއް ނުދިނީމަ ކުރި ހުކުމަކާ ކޮންމެވެސް ކަމަކަށް އެއްބާރުލުން ނުދީގެންނާ މިކަހަލަ ހުކުމުގެ އަޑު އިވެނީ..

ބާނި

ސާބަސް ރައީސޫ، ވަރައް ރަނގަޅު ވާހަކައެއް ތިވިދާޅުވީ، މިފަހަރު މަނިކުފާނާއި ޤާނޫނު އަރާ ހަމަކުރާނެ އަދި ޤަނޫނުގެ ވަރުގަދަ އަތުގެ އެތިފަހަރުން މަނިކުފާނު ސަލާމަތެއްވެސް ނުވާނެކަމަށް ލަފާކުރެވެނީ، 23 ގަ ރައްޔިތުން ނިކުމެ މިކަން ނިންމާ ޤައުމު ހަމަމަގަށް އަޅުވާނެ އިންޝާﷲ

ދެކޭމީހާކިޔާމީހާ

ފުރަތަމައުފެދޭސުވާލަކީ، ވެރިކަމެއްނިންމުމަށް ހުރިހައިފަރާތަކުން "ހަންޖަރު ހެރުމަށް" ދިމާކުރީ ކީއްވެތޯއެވެ؟
މިސުވާލާއިގުޅޭގޮތުން ބުނެވެންއޮތީ، މިވެރިކަން ވެރިކަމަކަށްހަދައިދީ، އެކަމުގައި އެންމެބޮޑުދައުރުއަދާކުރެއްވެވި ކުރީގެރައީސް މައުމޫނާއި ކޯލިޝަންޕާޓުނަރުންގެގޮތުގައިވި، ޖުމްހޫރީޕާޓީގެ ރައީސް ޤާސިމް އިބްރާހީމްއާއި، ޢަދާލަތުޕާޓީގެ ރައީސް ޝެއިޚް ޢިމްރާން މިސަރުކާރާއި ދުރަށްޖެހިވަޑައިގަންނަންޖެހުނު ކަންތައްތަކާއި ވާހަކަތަކަކީ، އަހާބައުވެފަވާ ވާހަކައެވެ. އަދި އެއެންމެންގެބަސް ކަޓުވާލާފައި، ނާއިބްކަމަށް P0 އިތުބާރުހުރި ޚާލިދްބިން ވަލީދުފަދަ ފަހުލަވާނަކު ގެންނަވީމަ ހިނގައިދިޔަކަންތަކަކީ ތާރީޚެވެ.
މިހާރު މިފެންނަނީ، ކުރިމަތިވެފައިއޮތްވޯޓުން ވެދާނެގޮތަކާއިމެދު ހިތްޕުޅުނުތަނަވަސްވެ، ކައިރީގައިތިބިމީހުން ފެޔަށްޖެހޭތީވެ ގަންނާކުރެއްވިބިރުން ހެއްދެވުނުގޯސްތަކުގެތަރުޖަމާ އައުގޮތަކަށްއަމިއްލަދޫފުޅުން ނެރުއްވަވައިގެންނަމަވެސް ރައްޔިތުންގެހިތްތަކުގައި އުފެދެމުންދާސުވާލުތަކަށް ދެކޮޅުޖެހޭފަދަޖަވާބެއް ދެއްވެވޭތޯ މަސައްކަތްޕުޅުކުރުއްވަވާތަނެވެ. އާދެ!
އާދައިގެބަހުންބުނާނަމަ، ކަމުންރެކި، ބެޗޭތޯ ބަކަތަޅުއްވަވާތަނެވެ! މިއީ ކަންއޮތްގޮތެވެ!
ތެދުފުޅެކެވެ! މީހަހަށް އަނިޔާވެރިވާއިރު ގާނޫނުއަރާ ހަމަކުރާނެކަން ދަންނަން ޖެހޭނެއެވެ! މިދުނިޔޭގައިނޫނިއްޔާ އާޚިރަތުގައިނަމަވެހެވެ!

ޔާޝް

އަމިއްލަނަފުސައް ނަސޭހަތްތެރިވަނީތޯ ޕަބްލިކުގަ..

ޙައްވަ

4 އަހަރުވީއިރު ޥަލިއްޔުލް އަމުރަށް އެކަން އެނގިވަޑައިނުގެންނެވީތީ ހިތާމަކުރަންޖެހޭ؟ވ ބޮޑު ތެދެއްތީ. ޢަރާހަމަކުރާނެ. ޢެމީހަކު ފޭހުނު އިލޮށިހެރޭނީ އެމީހެއްގެ ލޮލަށް.

ކޭބީ

މަޤާމުން ޤާނޫން ގެ ދަށުން ދުރުކުރުންވެސް އެއީ އަނިޔާވެރިވުން ކަމަށް ވަންޔާ އެމީހަކު ހިތައް އެއަރަނީ އެ މަޤާމަކީ އެމީހާގެ މިލްކިއްޔާތެއކަމުގައި ކަމަށް ބެލެވޭ

ރަޝީދު އ

ވަރަށް ބޮޑު ތެދުފުޅެއް... އެކަމަކު އެއީ ވަކި ބަޔަކަށް އެނަންޏެއް ނޫން

މަނިކުފާނާވެސް ޤާނޫނު އަރާ ހަމަ ކުރާނެ... ވަގުތު ނޭގެނީ... ހަލާލު ނޫން ފައިސާ ގެޔަށް ވެއްދި ކަމަށް އެއްބަސްވި އެއްބަސްވުން ވެސް ބެލޭނެ..
ނަސަންދުރާ ވިއްކާލި ވިއްކުމާއި...
ވިޔަފާރިނުކުރާކަމަށް އިއުތިރާފުވެފައި... ތިޔަގެންގުޅުއްވާ ފައިސާ ހޯދި ގޮތްވެސް ބެލޭނެ
ނުހައްގުން ޖަލަށް ލާމައްސަލަ ސްޕްރީމް ކޯޓުގެ އަމުރަށް ތަބަޢަ ނުވި މައްސަލަ...މީ ހައްތަހާވެސް ޤާނޫނު އަރާ ހަމަ ކުރާނެ ކަންކަން...

ލީމަން ޒާހިރު

މާނަޔަކީ ވޯޓު މަދުން ލިބުނަސް ހޮވޭނީ ތިބޭފުޅާ އޭ ތޯ...؟

މޮޅުވަނީ ހަމަ ތިބޭފުޅާ ތޯ...؟

މަކަރުވެރިން ގެ ރޭވުމަށް ވުރެން މަތިވެރި ރޭވުން ވާކަން ދަންނާތި.. އިއްޒަތް ދެއްވަނީ ވެސް އަދި ބަލިކުރައްވަނީ ވެސް ވަކި ފަރާތަކުން

މިންވަރަށް އީމާންވާން ދަސް ކޮށްބަލަ