kureege PG Muhthaz ge ilthimas: Ibu ah vote dhevva
image
ކުރީގެ ޕީޖީ މުހްތާޒް: ފައިލް ފޮޓޯ
0 ކޮމެންޓް
 

ކުރީގެ ޕީޖީ މުހްތާޒްގެ އިލްތިމާސް: އިބޫއަށް ވޯޓް ދެއްވާ

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ އަށް ވޯޓް ދިނުމަށް ކުރީގެ ޕްރޮސެކުއުޓަރ ޖެނެރަލް މުހްތާޒް މުހުސިން އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ކޯޓް އަމުރެއް ތައްޔާރުކުރި ކަމުގެ ކުށުގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މުހްތާޒް އިބޫއަށް ވޯޓްދެއްވުމަށް އިލްތިމާސް ކުރެއްވީ މިރޭ ނެރުއްވި ބަޔާނެއްގައެވެ.

މުހަތާޒްގެ އިލްތިމާސް ހާއްސަކޮށް އަމާޒުކުރެއްވީ މުހްތާޒް ނިސްބަތްވެވަޑައިގަންނަވާ ހުވަދު އަތޮޅުގެ ރައްޔިތުންނަށެވެ.

"އަޅުގަނޑު މިބަޔާން މިލިޔަނީ ކަރަންޓްނެތް ހޫނުގަދަކަން ބަޔާން ނުކުރެވޭފަދަ ކޮންކްރީޓް ގޮޅިއެއްގައި އޮވެގެންނެވެ. އިންތިހާއަށް މިދާއާއި ހިކަނދި، ކުރެއްޕާއި ހޯނުގެ އުނދަގޫ ބޮޑު މިގޮޅީގައި އަޅުގަނޑު ބާއްވާފައި ވަނީ އެންމެ ނުރައްކާތެރި ކުށްވެރީންނާއި މަރަށް ހުކުމް ކުރެވިފައިވާ ޤައިދީންގެ މެދަށްވާ ގޮތަށެވެ. މަޤްސަދަކީ ބޭނުމަކީ އަނިޔާ ކުރުމެވެ. މަގްސަދަކީ ބޭނުމަކީ އަނިޔާ ދިނުމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އިސްލާހީ މަސައްކަތުގައި އަޅުގަނޑު ސޫތެއްހާ މިންވަރުވެސް ފަހަތަށް ނުޖެހޭނެކަމުގެ ޔަޤީންކަމާވެ. އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިނުވާނެކަމުގެ ޔަގީންކަމެވެ. އަނިޔާއާއި ވޭނާއި ކެކުޅުން ތަހައްމަލު ކުރާ ރައްޔިތުން އެތައް ގުނައަކަށް މިދަނީ އިތުރު ވަމުންނެބެ. ބޭއިންސާފާއި އަނިޔާވެރިކަން މިހާރު މިވަނީ އިންތިހާއަށް ފެތުރިފައެވެ. މިއަނިޔާވެރިކަމުގެ ޝިކާރައަށް ވެފައިވާ އެތައް އާއިލާތަކަކުން ކުރަމުންގެންދާ ހިތާމައާއި ވަމުން ގެންދާ ޤުރުބާނީ އަކީ ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އެތަކެއް މައިންބަފައިންނެވެ. އެތަކެއް އަނބިންނެވެ. ދެލޯފަދަ ލޯބިވާ އެތަކެއް ދަރިންނެވެ. އެތަކެއް ބޭބެއިންނާއި ދައްތައިންނެވެ. އެތަކެއް ކޮއްކޮއިންނާއި ތިމާގެ މީހުންނެވެ" މުހްތާޒްގެ ބަޔާނުގައި ވެއެވެ.

މުތްތާޒްވަނީ އުފަންރަށްމާމެންދޫގެ ރައްޔިތުންނަށް އަދި ހާއްސަކޮށް ހުވަދު އަތޮޅުގެ ރައްޔިތުންނަށް "ވާދޫރޮނާގެ" ވާހަކަ ހަނދާންކޮށް އަރުވާފައެވެ.

މުހްތާޒް ވިދާޅުވީ ވާޔޫރޮނާގެ ވާހަކައިގައި ބުނާ ގޮތުން މާމެންޔޫއަކީ ބޮޑުންގެ ރަށްކަމަށާއި އޭގެ މުރާދަކީ ބޮޑުންގެ ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކުރަން މިދަރިކޮޅުގައި ވާނޭކަމުގައި ބަޔާންކުރުން ކަމުގައެވެ.

"ވަރަށް އިޚްލާޞްތެރިކަމާއި އެކު މާމެންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. އަދި ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށްވެސް މެއެވެ. ތިޔަބޭފުޅުންގެ ވާރުތައިން ލިބިފައިވާ ބޮޑުންގެ ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމުގައި އެސިފަތައް ނެތް ފަރާތަކަށް އެއްބާރުލުން ނުދިނުމަށެވެ. ވިސްނާވަޑައިގަންނަވާށެވެ. ތަފާތު އެކި ސިޔާސީ ބޭނުންތަކަށް އިދިކޮޅު ލީޑަރުންނާއި އެއްބަނޑު ތިމާގެ މީހުން ހައްޔަރުކޮށްގެން ވެރިކަންކުރާ ވެރިއެއްގެ ކިބައިގައި ބޮޑެއްގެ ހިއްވަރާއި ކެރުން ހުރިކަމުގައި ބަލާނީ ކޮންގޮތަކުންހެއްޔެވެ. ފާޅުކަން ބޮޑު ގޮތުގައި، ބޮޑެތި ޚިޔާނާތްތަކާއި ،ކޮރަޕްޝަނާއި ވައްކަން ހުއްދަކޮށް، އެކަންކަން އާއްމުވުމަކީ އަމާނާތްތެރި ވެރިއެއްގެ ޤިޔާދަތުގައި ހިނގައިގެންވާނޭ ކަމެއް ހެއްޔެވެ. އަދި އެފަދަ ކަންކަން ހިނގާދިޔައީ ތިމާގެ އެނގުމުގެ ތެރެއިން ނޫންކަމަށް ބުނާނަމަ އެފަދަ ވެރިއަކު ޒިންމާދާރު ފަރާތަކަށް ބަލާނީ ކިހިނަކުންތޯއެވެ" މުހްތާޒްގެ ބަޔާނުގައި ވެއެވެ.

ބޮޑުންގެ އެފަދަ ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަން ނެތިއްޖެ ހިނދަކު، ބޮޑުންނާއި، ބޮނޑުންނާއި ދެމެދުގައި އޮންނާނީ ބާއެއްގެ ފަހަތުގައި އޮންނަ ހުސްނޫނުގެ ތަފާތު އެކަނިަކަމަށް ވިދާޅުވެ 23 ވަނަ ދުވަހުގެ ވޯޓްގައި ކެރިގެން ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއި އެކު އިބޫއަށް ވޯޓް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ވޯޓް އޮޅުވާލުމުގެ ފުރުސަތު ނުދިނުމަށް ހުޝިޔާރުކަމާއި އެކު ތިބުމަށްވެސް މުހްތާޒް އިލްތިމާސް ކުރެއްވިއެވެ.
ހިޔާލު