Idhikolhah 32% ves nulibey: Nihan
image
ނިހާން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފައިލް ފޮޓޯ
5 ކޮމެންޓް
 

އިދިކޮޅަށް 32 ޕަސެންޓްވެސް ނުލިބޭ: ނިހާން

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް 32 ޕަސެންޓްވެސް ނުލިބޭނެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ނުސީދާކޮށް ގަބޫލު ކޮށްފައިވާކަމަށް ވިދާޅުވެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖެހި ހިސާބުން މިހާތަނަށް ކޯލިޝަނަށް 32 ޕަސެންޓްވެސް ނުލިބޭ ކަމުގައެވެ. ނަމަވެސް ރަށްރަށުން ބޮޑެތި ޕަސެންޓޭޖް ލިބޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޯލިޝަނުން ފަތުރަނީ އޮޅުވާލުމަށް ކަމަށް ނިހާން ވިދާޅުވިއެވެ.

އެކަން ކުރަނީ ބިރުދައްކައިގެން ވޯޓް ހޯދުމަށް ކަމަށާއި ބިރުދައްކައިގެން ވޯޓް ހޯދުމަކީ އިދިކޮޅު ފަރާތްތަކުން އާއްމުކޮށް ކުރާކަމެއްކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ވޯޓް އޮޅުވާލާނެކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނާއި މެދު އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން ގެންދާއިރު، ސިފައިންނާއި ފުލުހުންނާއި މެދު ނަފްރަތު އުފެދޭގޮތައްވެސް ވާހަކަތައް ދައްކަމުން ގެންދާ ކަމުގައެވެ.
ހިޔާލު

ޞހދގ

ނިހާނޫ ކަލޭތިހިރީ ހަމަރަނގަޅަށްވެސް ހޭބުއްދިފިލާފަ. ބިރުދެއްކޭނީރ ބާރުވެރިކަމުގަތިބިފަރާތްތަކަށް. ކަލޭމެންކޮށްފަހުރިވައްކަމާއި ނުހައްގުންހޯދި މުއްސަނދިކަންފޮރުވޭނެގޮތެއްވޭތޯ އާއްމުން ނޮޔަހައްދައިގެން ވޯޓުލިބޭތޯރ އުޅޭކަންއެންމެނަށްއެނގެޔޭ ނިހާނޫ

ޥަހީފު

ނިހާނޫ ތިބޭފުޅާ ކޮންމެވެސް އެހެންތާކަށް އަރާހުރެ ތިހެން ބުނޭ ... އަދިވެސް ކެވުނުލެއްމަދީތަ ... މަތަނުވެގެން ތިއުޅުއްވަނީ ... ޔާމީން އިންޝާ ﷲ ބަލިވާނެ ...

ހައްޤު

ވޯޓު އޮޅުވުމަށް ވަނީ ނިންމާފަ. ހުރިހާ ކަމަކުން ވައްކަމާއި މަކަރު އެއީ އެވެރިންގެ ކަށީގައި ހިފާފައިހުރި ކަމެއް. ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން، މިކަން ނިންމަން ނިކުމެވެލައްވާ

ފަހުވަގުތު ނަޞޭހަތްދޭމީހާ

ބިރޭ! ލަދެއް ނުގަނޭތަ ތިހެން ބުނަން. ބަލަ ބިރު ދެއްކޭނީ ނިހާނު މެންނަކަށް ނޫންތަ؟ އޮޅުވާލަން ތިހެންކުރާ މަސައްކަތުން ބޭޒާރު ތިވެވެނީ ތިމާމެން އަމިއްލައަށްކަން ދަނެބަލަ! ރައްޔިތުންގެ ބޮލަށް ތިޔަހެން މިއަދަކު ޗިޕެއް ނުޖެހޭނެ.

ގަދަރޭ

މީ އައްދުރަހީމު ގެ ކަލްކިއުލޭޝަން އެއް ދޯ؟