Raees yameen ge aadheys: Rayyithun alhugandah dheragotheh nuhadhaathi
image
ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ
11 ކޮމެންޓް
 

ރައީސް ޔާމީންގެ އާދޭސް: ރައްޔިތުން އަޅުގަނޑަށް ދެރަގޮތެއް ނުހަދާތި

އެންމެ ބޮޑަށް އަނިޔާ ދިނުމަށް މަސައްކަތް ކުރީ އެންމެ ކައިރިން ކަމަށާއި ނަމަވެސް އާދީޢްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދެރަގޮތެއް ނުހެދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އާދޭސް ދަންނަވައިފިއެވެ.
ހަމައެކަނި ރަންވޭއެއް ހަދާފައިވާ ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވާ ދެއްވަމުން މިއަދު މެމްދުރުފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަންވައްޓާލާ އަނިޔާ ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެންމެ ގާތުން ކަމުގައެވެ. އަދި އެކަން އާއިލާގެ ތެރެއިން އައިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވެހެމުންދިޔަ ވާރޭގައި ރައްޔިތުންނަށް އާދޭސް ދަންނަވާ ރައީސް ޔާމީންވަނީ އަން އާދީއްތަ ދުވަހު ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީނާއި އެކު ރައްޔިތުން ތިބޭނެކަމަށް އުއްމީދުކުރައްވާކަމަށާއި ރައްޔިތުން އެމަނިކުފާނަށް ވޯޓް ނުދީފިނަމަ އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނީ ކާކުތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

މި ސަރުކާރަށްވުރެ ބޮޑަށް އުނދަގުލުގައި ކަންކަން ކުރި ސަރުކާރެއް ނޯންނާނެކަމަށާއި ނަމަވެސް ރައްޔިތުންނަށް ހިދުމަތްކޮށް ވަރަށް ގިނަ ކަންކަން ކުރެވޭތޯ މިސަރުކާރުން ބަލާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު އައިސް ކުޅުދުއްފުށީގައި ވާހަކަ ދެކެވެނީ ﷲގެ ހަމްދަރުދީ އާއި ރަހުމް ރައީސް ޔާމީނާއި އެކުގައި ވުމުން ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އާއިލާގެ ތެެރެއިންނާއި ޝަރުއީ ނިޒާމުގެ ތެރެއިން އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިންވެސް ރައީސް ޔާމީނަށް އަނިޔާދީ ވެރިކަން ނިންމުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައެވެ. ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ލޯންޗްވެސް ފުނޑުފުނޑުވާވަރަށް ގޮވާލާފައިވާ ކަމުގައެވެ.

ރައީސް ޔާމީން ވަނީ މީގެ ދެ ދުވަސް ފަހުން ކުރިމަތިލާން ޖެހޭނީ ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަށް ރައްޔިތުން ބޭނުންވޭތޯ ކުރެވޭ ސުވާލާއި ކަމުގައެވެ. އަދި ރައްޔިތުންވެސް އަމަލު ކުރާނީ އެންމެ ގާތް މީހުން އަމަލުކުރި ގޮތައްތޯ ރައީސް ސުވާލު ކުރެއްވިއެވެ.
ހިޔާލު

ރިޔާޒު

ރައްޔިތުންނަށް ދެރަގޮތް ހެދިޔަސް އޯކޭތަ! ވަޒީފާ ގަނޑުވެސް ނުދޭ ޔޭ ޕީޕީއެމް މީހަކަށް ނޫނީ. ވަޒީފާގަ ނުވެސް ހުރެވެނީ އޭ.

ޖަމްމާ

ޥޭތުވެދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނެ.ކަރަޕްޝަން އެތައްބަޔެއްގެ މަރު.ސަލަމަތްވާން އުޅޭނެ ކަމެއްނެތް.

ޙައްވަ

ޢަޅެފަހެ ކާކުބާ ދެރަގޮތެއްހެދީ؟ ތިޔަވަރުގެ ނުގުޑާ ޢަޒުމެއްްގަ ހުރިމީހަކު ތިޔަހެން ބުނީމާ ހިނި އަންނަނީ.ވަރަށް ދެރަ ދެން “ ވިސްނުނީ މާފަހުން”

ކާލި

ތިޔައީ ތިބޭ ފުޅާ އަމިއްލައިން ހޯދި ދެރައެއް ސުވާލަކީ ވަރަށް ގިނަ އަދަދަކަށް ރައްޔިތުންގެ ލޯބި ގެއްލުނީ ކީއްވެތޯ އޭ؟ ޥަރަށް ގިނަމީހުންގެ ލޯބިން ރައީސު މަހުރޫމް ވާން ޖެހުނީ ކީއްވެތޯއޭ؟

ފާތުމަ

ހިޔާ ވެވޭނެ އިތުރު ގޮތެއް ނެތީމަ ތެމުނީ އެހެން ނޫންނަމަ ޔާމީން އެއް ނުތެމޭނެ.

ނިޔާޒް މުހައްމަދު

ނޮހޮވިދާނެތީ ތިހާބިރުތިގަންނަނީ ކުރެވިފަހުރި ކަންތައްތައް ގިނަކަމުން ސަލާމަތް ނުވާނެހެން ހީވާތީ ދޯ މުޅިގައުމުގެ ހަޒާނާ ހުސްކޮށްލާފަ އިދިކޮޅު ހުރިހާއެންމެން ޖަލައްލާފަ މަނިކުފާނަށް އެނގޭތަ އަނިޔާލިބިގެންވާ މީހާގެ ދުޢާ ﷲ ގެ ހަޟުރަތުގައި އިޖާބަކުރައްވާލެއް އަވަސްކަން ހައްގަކާނުލާ މީހުންނަށް އަނިޔާވެރިވީމަ އޭގެބަދަލު ލިބޭނެކަން ނޭނގޭތަ

ޤައުމު

ﷲއިރާދަ ކުރެއްވިއްޔާ މަނިކުފާނު ދެވަނަ ދައުރަކަށް ހޮވޭނެ. ތިހާ ކެތްތެރި ތިހާ ހިންގުންތެރި ވެރިއެއް ދެން މިޤައުމަކަށް ނޯންނާނެ. ތީ ތަރައްގީގެ ބާކީ އަކީ. ތިކަހަލަ ވެރިކަމަށް ދެރަގޮތެއް ހަދާކަށް ނެތިން. މަގޭ ވޯޓް ރައީސް ޔާމިން އަށް.

ކަޅުސޮރު

ކޮންއިރަކުތޯ މަނިކުފާން،ނިކަމެތި ރައްޔިތުންގެގާތުގާ އާދޭސް ކުރައްވަން ދަސްކުރެއްވީ
މަނިކުފާން ހަދުމަފުލު ވެލެއްވީ އްދިކިރިޔާތޯ!މިގައުމުގަ ރައުސްމާލަކީ ނިކަމެތި ރައްޔިތުން ކަން،އެނިކަމެތިންގެ ތެރެއިން 60000 ހާސް މީހުންގެ(މަޖިލީސް މެންބަރުންގެ )އަޑު ކޮބާތޯ!އެއަޑު މަނިކުފާން އެއަސެވިންތޯ!މިއަދު މަނިކުފާންގެ އަޑު އެނިކަމެތި ރައްޔިތުން އައްސަވާނެކަމުގަ ހީފުލުނުކުރައްވާ!ރިހޭފާމައްޗައް ފޮއެ ދެއްތޯ.
ދެން ލަލަލާ.

ހަސަންބެ

މަނިކްފާނު ހަމަވާނީ ބަލި އޮންނަވަން ޖެހޭނީ ހަމަ ޖަލުގެ ކުޑަ ގޮޅީގަ

ސައްޕޭ

އިންތިހާބުން ބަލިވިއަސް މަނިލުފާނާ ދޭތެރޭ މަނިކުފާނު ރައްޔިތުންނާ ދޭތެރޭ ކަންތައްކުރިގޮތަކަށް ރައްޔިތުން ކަންތައްނުކުރާނެ، އިބޫ އާއި ފައިސަލް އަކީ އިޙްސާންތެރިވާން ދަންނަ އަދި މިހާތަނަށް އެއްވެސް މީހަކަ އަނިޔާކޮށްފައި އަދި ޚިޔާނާތްތެރިވެފައިވާ ބައެއްނޫން، މަނިކުފާނު ހީނުކުރައްވާތި އެބޭފުޅުންނަކީ މަނިކުފާނާއި މަނިކުފާނުގެ އަރިހުގައި ތިބިފަދަ އަނިޔާވެރި ބައެއްކަމަ.

ޝާނީ

ދެރަގޮތެއް ހަދާކައް ރައްޔިތުންނެއް ނޭދޭ.. އެކަމަކު ޒިންމާ ނަންގަވަންޖެހޭނެ.. އަދި އިންސާފާއި ކުރިމަތިލައްވަންޖެހޭނެ..