Beyruge noosverinai monitorun nah VISA nulibenee faisa nudhakaathee
image
މިހާތަނަށް ރާއްޖެ އައިސްފައިވާ ބައެއް މޮނިޓަރުންނާއި އޮބްޒާވަރުންނާއި އެކު އީސީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
0 ކޮމެންޓް
 

ބޭރުގެ ނޫސްވެރިނާއި މޮނިޓަރުންނަށް ވިސާ ނުލިބެނީ ފައިސާ ނުދައްކާތީ

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ ގިނަ އަދަދެއްގެ ބޭރުގެ ނޫސްވެރިންނާއި އޮބްޒާވަރުންނަށް ވިސާ ނުދެވިގެން އުޅެނީ ސްޕޮންސަރުން ފައިސަ ނުދައްކައިގެންކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފިއެވެ. dhi2
އިމިގްރޭޝަނުންބުނީ އެ ފަރާތްތަކަށް ބިޒްނަސް ވިސާ ދޭނެކަން ސްޕޮންސަރުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެފަރާތްތަކަށް ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ފައިސާ ނުދައްކާތީ ކަމުގައެވެ.

ބިޒްނަސް ވިސާ ދޫކުރެވޭނީ ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށާއި އިންތިޚާބު ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދުނު ފަރާތްތަކުގެ ސްޕޮންސަރުން ފައިސާ ދައްކަން އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ދިއުމަށާއ ބަންދު ދުވަސްތަކުގައި ވެސް ފައިސާ ދެއްކޭނެކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.

އިންޑިއާގެ ބައެއް ނޫސްވެރިން ބުނީ އެމީހުންގެ ނަން އިލެކްޝަންގެ ލިސްޓްގައި އޮތް ނަމަވެސް އިންތިހާބު ކަވަރުކުރުމާއި އޮބްޒާވް ކުރުމަށް ރާއްޖެ އައުމަށް ވިސާ ދީފައި ނުވާ ކަމުގައެވެ.
މީގެ އިތުރުން ރާއްޖޭގެ ރިޔާސީ އިންތިހާބު ކަވަރުކުރުމަށް އިންޑިއާގެ ނޫސްވެރިންނަށް ވިސާ ދީފައި ނުވާކަމަށާއި އެހެންކަމުން އަންނަ އާދީއްތަ ދުވަހު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް އިންޑިއާގެ ނޫސްވެރިންނަށް ފުރުސަތު ލިބުން ދުރުކަމަށް އިންޑިއާގެ ބައެއް ނޫސްވެރިން ބުނެފައިވެއެވެ.

މީގެ އިތުރުން ދަ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް އިންވެސް ބުނެފައިވަނީ އެ ޖަމާއަތުގެ އޮބްޒާވަރުންނަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިން ނަމަވެސް އެޖަމާއަތުގެ އެއްވެސް އޮބްޒާވަރަކަށް ރާއްޖެއިން ވިސާ ނުދިން ކަމުގައެވެ.
އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް ހުއްދަދިން ބޭރުގެ ބައެއް ފަރާތްތައް މިހާރުވަނީ ރާއްޖެ އައިސްފައެވެ. އަދި އެފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ބައްދަލުވެސް ކޮށްފައެވެ.
ހިޔާލު