Fennan nei airport akaai bottling Factory eh raees yameen hulhuhvai dhevaifi
image
ފެންނަންނެތް އެއާޕޯޓަކާއި ބޮޓްލިން ފެކްޓްރީއެއް ރައީސް ޔާމީން ހުޅުއްވާދެއްވައިފި
9 ކޮމެންޓް
 

ފެންނަންނެތް އެއާޕޯޓަކާއި ބޮޓްލިން ޕްލާންޓެއް ރައީސް ޔާމީން ހުޅުއްވާދެއްވައިފި

ފެންނަން ނެތް އެއާޕޯޓަކާއި ބޮޓްލިން ފެކްޓްރީއެއް ރައީސް އަބްދުﷲ ޔާމީން މިއަދު ހދ ކުޅުދުއްފުށީގައި ހުޅުއްވާ ދެއްވައިފިއެވެ.
ރައީސް ޔާމީން މިއަދު މެންދުރުފަހު ކުއްލި ގޮތަކަށް ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ގާއިމް ކުރަމުންދާ އެއާޕޯޓާއި ބޮޓްލިން ފެކްޓްރީ ހުޅުއްވާ ދެއްވިއިރު ރައީސް ފެނިނަޑައިގެންނެވީ ހަމައެކަނި އެއާޕޯޓްގެ ރަންވޭ އެކަންޏެވެ. އަދި ބޮޓްލިން ޕްލާންޓް ހުޅުއްވާދެއްވިއިރު ކުޅުދުއްފުށީ ބޮޓްލިން ޕްލާން އެފަރަހައްދުން ފެންނާކަށް ނެތެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީ ކުރާ ސަރަހައްދުގައި ހަދާފައިވާ ރަންވޭގައި ރައީސް ޔާމީނާއި ޓީމް މޯލްޑިވިއަންގެ ފްލައިޓްގައި ވަޑައިގެންނެވި އިރު އެސަރަހައްފުން ކޮންޓްރޯލް ޓަވަރާއި އެއާޕޯޓް ޓާމިނަލްވެސް ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަން ހުރީ އެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ޖަހާފައިވާ ޓެންޓާއި އެއާޕޯޓާއި ބޮޓްލިން ފެކްޓްރީ ހުޅުވުމަށް ޖަހާފައިވާ ދެ ބޯޑު އެކަންޏެވެ.

އެއަރޕޯރޓްގެ ނަންބޯޑާއި ބޮޓްލިންގް ފެކްޓްރީގެ ގެ ނަންބޯޓް ރައީސް ހުޅުއްވާދެއްވި އިރު ރައީސްވަނީ މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި ޓަމިނަލްގެ މަސައްކަތް ނުވެސް ފެށެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޓަމިނަލް މިއަހަރު މިނުމުގެ ކުރިން ނިމޭނެކަށް ވިދާޅުވަނީ ކުޅުދުއްފުށީގައި ގާއިމްކުރަނީ ރާވާލާ ޓާމިނަލަކަށް ވުމުން ކަމުގައެވެ.

އެމްޑްބްލިއުއެސްސީން ކުޅުދުއްފުށީގައި ގާއިމްކުރާ ބޮޓްލިން ފެކްޓްރީ ރައީސް ހުޅުއްވާދެއްވި އިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލެއް ނުލިބެއެވެ.

މި ފަހަކަށް އައިސް ބައެއް ރަށްރަށަށް ވަޑައިގެން މަސައްކަތް ނުނިމޭ މަޝްރޫޢުތައް ރައީސް ޔާމީން އެޑްވާންސަށް ހުޅުއްވާ ދެއްވަމުން ގެންދަވާނީ ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
ހިޔާލު

އަހަންމާބެ

މިނޫސް ހިންގަނީ ދެލޯ ނެތް ބައެއްކަން ޔަޤީން.

ސައިނީ

ރާއީސް ވިދާޅުވީ އިންތިހާބުގެ ކުރިން ފުލައިޓްއި އަންނާނަމޭ އެއޮތީ އެކަން ކޮށްފައި ދެން ލަލަލަލަލާ ވައުދު ވެފަ ވައުދު ފުއްދާފަ

މޮހަނު

ނޫސްވެރިކަމުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުން ހުއްޓަވާލައްވާ! ތަރައްޤީވާކަން އެންމެންނަށްވެސް އެނގޭ. ރައްޔތުން ތިބީ ނިދާފައެއް ނޫން. މަގެއްގެ މައްޗަށް ނުކުމެލާފައި ނަޒރު ހިންގާލާ ކޮންމެ ދޮމާއަކުން ފެންނަނީ ތަރއްޤީ.

ބަސްފޮތް..

ދެލޯ ކަނު މީހުނއނަކަށް ނުފެންނާނެ.. އަހަރެމެންނަށް ފެނޭ މިރަށުގަ އުޅޭ އިރު.. ހުދު ފަސްގަނޑެއް ނޫނީ މަށި ކުޅިއެއްގެ މައްޗަކަށް ނޫން ފުލައިޓު ޖެއްސީ.

ސިދުގީ

ތީ ވަރަށް ސަޅި ގޮތެއް ތަންތަން ހުޅުވަން. ބަނދަރު ކަހަލަ ތަންތަން އަދި މާ ފަސޭހަވާނެ ތިގޮތަށް ހުޅުވަން.

ކަނބުރު އުދުން

ބޮޑުތިލަދުންމަތީ މީހުން "މާލެ ތަޅާލަން" އައި ފަހަރުވެސް ބޮޑު އިސްޓޯރު ދޮށަށް ބޮޑުން ނެރުނު "ވިލާތު ފިނިފެން" އެޅި ފަނިރުނބަޔަކުން ފުއްދާލެވުނު. އެހެންކަމުން ރަންވޭ އަކާ ބޮޓްލިން ޕްލާންޓްގެ ނަންބޯޑުން މިފަހަރުވެސް ފުދޭނެ. ކުޅުދުއްފުށީ މީހުންގެ ވޯޓު ތަރައްގީއަށް. އެހެން ރަށްރަށުގެ ވޯޓު އެހެން ވިސްނުމަކަށް.

ކަނބުލޮ ބޮލިމުލައް

މިހެން މިބޭފުޅާ ކަންތައް އަބަދު ކުރައްވަނީ. ވުޖޫދުގައި ނެތް ތަންތަން ހުޅުވުން. އަނެއްކާ އޭގެ މޮޅު ތަންކޮޅަކީ ހުޅުވާތަނަކުން ހިދުމަތް ނުލިބޭކަން. މީގެ ދެތިންމަސް ކުރިން މ.މުލަކަށް ވަޑައިގެން ނަރުދަމާ ހުޅުވި. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އެކަމަކު އޭގެ ފަސޭހައެއް ލިބުނު ރައްޔިތެއްނެތް. ޢަދި އެފަސޭހައެއް ލިބޭނެ ދުވަހެއްނެތް.
މީމީހުން ކަންތައްކުރާ އުސޫލުބާ؟؟ ހައިރާންވެ އަންތަރީސްވެ.. ނޭވާހިޅިޔަށް އެޅޭއިރު ވާގޮތްމީ!!!

ރަޝީދު އ

ހެހެހެ މީހުން މޮޔަހައްދަވަނީ ތޯ...ނޫނީ ބޭފުޅާ މޮޔަފުޅު ވެލެއްވީ ތޯ...؟

އެއަރޕޯޓް

ފެންނަންނެތް އެއްޗެއް ހުޅުވޭތަ